“އީޕީއެސް ހަނދާން” ވުޖޫދު ކުރެވެނީ

EPS School > ޚަބަރު > “އީޕީއެސް ހަނދާން” ވުޖޫދު ކުރެވެނީ

“އީޕީއެސް ހަނދާން” ވުޖޫދު ކުރެވެނީ

އީޕީއެސް ސްކޫލްގެ ޒިކުރާ އާކުރުމަށާއި ސްކޫލްގެ ޒިކުރާ އާކުރުމަށާއި އީޕީއެސް ގެ ނަން ދިވެހި ރާއްޖޭގައި ފުހެވިގެން ދިޔަ ނުދިނުމަށްޓަކައި އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް 1 ނޮވެމްބަރ 2020  ވާ އާދީއްތަ ދުވަހު އައު ދިރުމެއް ލިބިގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދިރުމަކީ އީޕީއެސް ފައުންޑޭޝަންގެ މެގަޒިން ކޮމެޓީގެ ފަރާތުން ނެރުމަށް މަސައްކަތް ކުރަމުންދިޔަ އޮންލައިން މެގެޒިން ކަމުގައިވާ “އީޕީއެސް ހަނދާން” ވުޖޫދު ވެގެން ދިއުމެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ މެގެޒިން ކޮމޓީއިން މި މަޖައްލާ ނެރުމަށް ކޮރޯނާ ވައިރަސް ގެ ރޯގާގެ ދަތި އުނދަގޫ ދުވަސް ތަކުގައިވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަވައި މި މަސައްކަތް ކާމިޔާބު ކުރައްވާފައެވެ.

3 މަހުން އެއް މަހު ނެރުމަށް ހަމަޖެހިފައިވާ މި މެގެޒިން ގެ ލިޔުންތައް 3 ބަޔަކަށް ބަހާލެވިފައިވާ ކަމަށް އެނގިފައިވެއެވެ. އެއީ ސްކޫލްގެ ނަން އާލާ ކުރުމާއި، ޢިލްމީ އަދި އިޖްތިމާޢީ ބަޔާއި، ޤައުމީ އަދި ދީނީ ބައެވެ. މިފަހަރުގެ އަދަދުގައި ސްކޫލާ ގުޅޭ މުހިއްމު މަޢުލޫމާތުތަކާއި ސްކޫލުން ތަޢުލީމް ހާޞިލްކުރެއްވި ބޭބޭފުޅުންގެ ހަނދާންތަކާއި ޝުޢޫރުތަކާއި މުނިފޫހި ފިލުވުމުގެ ޞަފްޙާތަކާއި ތަފާތު މަޢުލޫމާތު ހިމެނޭނެއެވެ.

“އީޕީއެސް ހަނދާން” އޮންލައިން މެގެޒިން އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އީޕީއެސް ސްކޫލްގެ ފަޚްރުވެރި ދަރިވަރެއް ކަމުގައިވާ ގައުމުގެ މިއަދުގެ ނާއިބު ރައީސް ކަމުގައިވާ އަލްފާޟިލް ފައިސަލް ނަސީމެވެ. “އީޕީއެސް ހަނދާން” ވުޖޫދަށް ނެރުމަށްޓަކައި ސްޓެލްކޯ ގެ ޖަލްސާކުރާ މާލަމުގައި މާދަމާ ހެނދުނު 9:30 ގައި ޚާއްޞަ ހަފްލާއެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮރޯނާ ވައިރަސް ގެ ދުވަސްވަރު އެޅިފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު މިބޭއްވޭ ހަފްލާ އީޕީއެސް ފައުންޑޭޝަންގެ ފޭސްބުކް އިން ލައިވްކޮށް ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އެޗްޕީއޭ އިން ހުއްދަ ލިބިފައިވާ ގޮތަށް މި ހަފްލާގައި ފަންސާހަކަށް ބޭފުޅުން ބައިވެރިވުމަށް ފުރުޞަތު ދެވޭނެ ކަމަށް އެނގިފައިވެއެވެ.

    Leave a Comment