
އީ.ޕީ.އެސް ސްކޫލްގެ 52 ވަނަ އުފަން ދުވަސް ފައުންޑޭޝަނުން ފާހަގަކުރަނީ.
މިއަދަކީ އީ.ޕީ.އެސް ސްކޫލް ވުޖޫދުވީތާ 52 އަހަރު ފުރުނު ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އީ.ޕީ.އެސް ފައުންޑޭޝަންގެ ފަރާތުން ހަރަކާތްތަކެއްހިންގުމަށް ރާވައިފިއެވެ. މިގޮތުން ފުރަތަމަކަމަކަށް މިއަދު ހެނދުނު 11 ޖަހާއިރު ހަމަޖެހިފައިވަނީ ކޮވިޑް 19 ރޯގާއިން ރައްކާތެރިކޮށްދޭ 1000 މާސްކް އިމާދުއްދީން ސްކޫލަށް ހަދިޔާކުރުމެވެ. މިއީއިޖްތިމާޢީ ޚައިރާތެއްގެ ގޮތުން ރޭވިފައިވާ ކަމެކެވެ. ޢިމާދުއްދީނަށް މާސްކް ހަދިޔާ ކުރާ ގޮތަށް ހަމަޖައްސާފައިވަނީ އެސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ނުވަތަ ޚާއްޞައެހީއަށް ބޭނުންވާ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ […]