އީ.ޕީ.އެސް ފައުންޑޭޝަނުން އޮންލައިން ނޫހެއް ނެރެނީ

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑޭޝަނުން އޮންލައިން ނޫހެއް ނެރެނީ

އީ.ޕީ.އެސް ފައުންޑޭޝަނުން އޮންލައިން ނޫހެއް ނެރެނީ

އީ.ޕީ.އެސް ފައުންޑޭޝަންގެ ފަރާތުން އޮންލައިން ނޫހެއް ނެރުމަށް ހަމަޖެހިއްޖެއެވެ. ރޭ 8:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ނޫހުގެ އެޑިޓަރަކަށް ހޮވުނީ ޑރ. ސުނީނާ ރަޝީދެވެ. އެސޯސިއޭޓް އެޑިޓަރަކަށް ހޮވުނީ ޙަސަން ޒަރީރެވެ. 80 ވަރަކަށް މިނެޓަށް ދިގުދެމިގެންދިޔަ 12 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގައި ފުރަތަމަ ވާހަކަ ދެކެވުނީ އޮންލައިންކޮށް ނެރޭނެ އެއްޗަކާމެދު ގައެވެ.

މިބައްދަލުވުން ބޭއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅެއްކަމުގައިވާ  އީ.ޕީ.އެސް ފައުންޑޭޝަންގެ ނައިބު ރައީސް މަރިޔަމް އާދިޔާ ވިދާޅުވީ ބައެއްބޭފުޅުން ޚިޔާލު ފާޅު ކުރެއްވީ މަޖައްލާއެއް ނެރުން މުހިއްމު ކަމުގައެވެ. އަދި ލީފްލެޓެއް ނެރުން މުހިއްމު ކަމަށްވެސް މެމްބަރުން ވާހަކަ ދެއްކެވިއެވެ. އެކަމަކު ނިމުނީ ނިއުސް ބުލެޓިންގ އެއް ގޮތަށް މަދު ޞަފްޙާ އަކާއެކު ފެށުމަށެވެ. ދެބަހުން ނެރުމަށް ހަމަޖެހިފައިވާ މިބުލެޓިންގއަށް ދޭނެ ނަމަކާމެދު ވެސް ޚިޔާލުފާޅު ކުރެވުނެވެ. އެހެން ނަމަވެސް ވަކި ގޮތެއް ނުނިންމައި ދޫކޮށްލެވުނީ ފައުންޑޭޝަންގެ ގްރޫޕްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.  އާދިޔާ ވިދާޅުވީ ނިއުސް ބްލެޓިންގ ގައި އިތުރަށް ހުށަހަޅާނެ މަގާމުތަކާއި މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއެކު ދެންއަންނަ ބައްދަލުވުމަށް ކަރުދާހެއް ހުށަހެޅުމަށް 3 މެމްބަރުން ހިމެނޭ ކޮމެޓީއެއް ރޭގެ ބައްދަލުވުމުގައި ނެގުނެވެ. އެމެމްބަރުންނަކީ ޑރ. ސުނީނާ އާއި ޙަސަން ޒަރީރާއި ޙިލްމީއެވެ.

    Leave a Comment