އީ.ޕީ.އެސް ފައުންޑޭޝަނަށް 100 މެމްބަރުން ހަމަވެއްޖެ

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑޭޝަނަށް 100 މެމްބަރުން ހަމަވެއްޖެ

އީ.ޕީ.އެސް ފައުންޑޭޝަނަށް 100 މެމްބަރުން ހަމަވެއްޖެ

އީ.ޕީ.އެސް ފައުންޑޭޝަނަށް މިއެޕްރީލް މަހުގެ 6 ވަނަ ދުވަހު 100 މެމްބަރުން ހަމަވެއްޖެއެވެ. ފައުންޑޭޝަނަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް އެންމެ ފުރަތަމަ ފެށުނީ 29 އޮކްޓޯބަރ 2018 ވީ ހޯމަދުވަހުގެރޭ އީޕީއެސް ގެ އެކި އެކި އެކްޓިވިޓީ ގްރޫޕްތަކުގެ މެދުގައި ފައުންޑޭޝަންގެ މެމްބަރަކަށްވުމަށް އޭ.ޑީ.ކޭ ކެފޭ ގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. އެބައްދަލުވުމުގައި ފަންސަވީހަކަށް ފަރާތުން މެމްބަރުކަމަށް ސޮއިކުރިއެވެ. އީ.ޕީ.އެސް ފައުންޑޭޝަންގެ ފުރަތަމަ އާއްމު ބައްދަލުވުމަށްފަހު ފައުންޑޭޝަންގެ މެމްބަރުން އިތުރުވުން އެހާ ބާރަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން 29 ފެބްރުއަރީ 2020 ވީ ހޮނިހިރު ދުވަހުގެރޭ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އީ.ޕީ.އެސް ފައުންޑޭޝަންގެ 2020 ވަނަ އަހަރުގެ އާއްމު ޖަލްސާގައި މެމްބަރުން އިތުރުކުރުން ހަލުވިކަމާއެކު ކުރިއަށް ގެންދިއުން މުހިއްމުކަމަށް ވަރަށްގިނަ މެމްބަރުން ޚިޔާލުފާޅުކުރިއެވެ. އޭގެ ފަހުން ކުރެވުނު މަސައްކަތުން މެމްބަރުންގެ އަދަދު ވަރަށް އަވަހަށް އިތުރުވެގެން ދިޔައެވެ. އީ.ޕީ.އެސް ފައުންޑޭޝަންގެ މެމްބަރަކަށްވުމުގެ ފުރުޞަތު އީ.ޕީ.އެސް ގައި ތަޢުލީމް ޙާޞިލްކޮށްފައިވާ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އީ.ޕީ.އެސް ފައުންޑޭޝަން ރަޖިސްޓްރީވީ 10 މެއި 2018 ގައެވެ. ފައުންޑޭޝަންގެ މަޤްޞަދު ކަމުގައި ބަޔާންވެގެންވަނީ   އީ.ޕީ.އެސް ސްކޫލްގެ ނަން ދިރުވައި ދެމެހެއްޓުމާއި، ތައުލީމް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، އިސްލާމްދީނާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި، ހަރުދަނާ ޖީލެއް ބިނާކުރުމާއި ޤައުމީ ލޯތްބާއި އެއްބައިވަންތަކަން ދަމަހައްޓައި ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުމަށް މަސައްކަތް ކުރުމާއި އިންސަނީ ވަސީލަތްތައް މުއްސަނދި ކުރުމެވެ.  ފައުންޑޭޝަންގެ މުއައްސިސުންގެ ގޮތުގައި 12 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ފައުންޑޭޝަންގެ ފުރަތަމަ ރައީސަކީ ޑރ. ޢަލީ ޝަމީމެވެ. 10 ނޮވެމްބަރު 2108 އިން ފެށިގެން ރައީސްކަމުގެ މަގާމް ފުރުއްވަމުން ގެންދަވަނީ އަޙްމަދު ހަމްޒާއެވެ.

    Leave a Comment