ހެލްތް ސާވީސް ގެ ޑީޖީ އަކީ އީޕީއެސްްއެސް ގެ ފަޚުރުވެރި ދަރިވަރެއް

EPS School > ޚަބަރު > ހެލްތް ސާވީސް ގެ ޑީޖީ އަކީ އީޕީއެސްްއެސް ގެ ފަޚުރުވެރި ދަރިވަރެއް

ހެލްތް ސާވީސް ގެ ޑީޖީ އަކީ އީޕީއެސްްއެސް ގެ ފަޚުރުވެރި ދަރިވަރެއް

 

ކޮރޯނާ ވައިރަސްގެ ވަބާއާ ހެދި މުޅި ރާއްޖެ އެބޭފުޅެއްގެ އިރުޝާދުތަކާއި އެންގުންތަކަށް ނަޒަރު ހުއްޓިފައިވާ މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް ހެލްތް ސާރވިސާސް މައިމޫނާ އަބޫބަކުރަކީ އީޕީއެސް ސްކޫލުން ކިޔަވާ ވިދާޅުވި އަދި އެސްކޫލްގެ ފަަޚުރުވެރި ދަރިވަރެކެވެ. އީޕީއެސް ސްކޫލުން އޯލެވެލް އޭނާ ނިންމެވީ 1982 ވަނަ އަހަރުއެވެ. އޭނާ އަކީ ޑރ. ޝަމީމް އާއި ޑރ.ފަޒީލް ނަޖީބް އާއި ޑރ. ޢަލީ ރަފީޤް ގެ ބެޗް މޭޓެކެވެ. އޯލެވެލް އަށްފަހު އެޑްވާންސް ލެވެލްއަށް އޭރުގެ ސައިންސް އެޑިޔުކޭޝަން ސެންޓަރ ގައި ކިޔަވާވިދާޅުވިއެވެ. އެއަށްފަހު މަތީ ތަޢުލީމް ހާޞިލް ކުރައްވާފައިވަނީ ރާއްޖޭގެ ޞިއްހީ ދާއިރާކުރި އެރުވުމުގައި ޚިދުމަތް ކުރުމުގައެވެ. އޭނާ ގައުމަށް ޚިދުމަތް ކުރެއްވުމުގައި މުޅި ހަޔާތް ހެން މިހާތަނަށް ހޭދަ ކުރައްވަވާފައި ވަނީ ރާއްޖޭގެ ޞިއްހީ ދާއިރާ ކުރިއެރުވުމުގައި ޚިދުމަތް ކުރުމުގައެވެ.

މިއަދު  ދިވެހި ޖައްވުން އެންމެ ގިނައިން އިވެމުންދާ އަޑަކީ އޭނާގެ އެންގުންތަކާއި މެދަކު ދެބަސްވުމެއްނެތެވެ. ކޮވިޑް 19 ގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަދި ރާއްޖޭގައި މިބަލި ޖެހޭމީހުންގެ ކަންތައް އިދާރީ ގޮތުންނާއި ފަންނީ ގޮތުން އިންތިޒާމްކޮށް ރޭވުމުގައި މުގުލުގައި އީޕީއެސް ސްކޫލުން އުފެއްދި ދަރިވަރެއް ޚިދުމަތް ކުރައްވަމުން ގެންދަވާކަމަކީ އީޕީއެސްއެސްގެ ދަރިވަރުންނަށް ލިބިގެންދާ ފަޚުރަކާއި ޝަރަފެކެވެ.

މިދަނޑިވަޅުގައި ސަރުކާރާއި ގައުމީ ބަތަލުންގެ ގޮތުގައި މަސައްކަތް ކުރައްވަވާ ޞިއްހީ ޚިދުމަތްތެރީންނާއި ސަލާމަތީ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އައްސަރިބަހާއި ސާބަސް މިވެބްސައިޓްގެ ފަރާތުން  އަރިސްކުރަމެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހު އަށާއި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރައްވަވާ މާލެއާއި އަތޮޅުތެރޭގައިވާ ޓީމްތަކަށް ހެޔޮނަސީބާ ކާމިޔާބަށް އެދެމެވެ.

    Leave a Comment