އީ.ޕީ.އެސް ފައުންޑޭޝަނުން ޔުނިވަރސިޓީ ދަރިވަރުންނަށް ސެމިނާރެއް ބާއްވައިދީފި

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑޭޝަނުން ޔުނިވަރސިޓީ ދަރިވަރުންނަށް ސެމިނާރެއް ބާއްވައިދީފި

އީ.ޕީ.އެސް ފައުންޑޭޝަނުން ޔުނިވަރސިޓީ ދަރިވަރުންނަށް ސެމިނާރެއް ބާއްވައިދީފި

އީ.ޕީ.އެސް ފައުންޑޭޝަނުން ޔުނިވަރސިޓީގައި ޑޮކްޓަރީކަން ނުވަތަ މެޑިސިންގ ހަދަންފެށި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ކިޔެވުމުގެ މޮޅު ހުނަރު ތަކާއި ކާމިޔާބު ދަރިވަރަކަށް ވުމާގުޅޭގޮތުން ސެމިނާރެއް ބާއްވައިދީފިއެވެ. މިއީ ފައުންޑޭޝަން އުފެދުނު ފަހުން ހިލޭ ސާބަހަށް އިންތިޒާމް ކުރި ފުރަތަމަ ޢިލްމީ ހަރަކާތެވެ.

30 އޮކްޓޯބަރ 2018 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 2 އިން 4 އަށް ބޭއްވުނު މިސެމިނާރގައި 22 ދަރިވަރަކު ބައިވެރިވިއެވެ. މިސެމިނާރ ގައި މަޢުލޫމާތު ދެއްވެވީ އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ރައީސް ޑރ. ޢަލީ ޝަމީމާއި ޑރ. ސުނީނާ ރަޝީދާއި ޑރ. އިބްރާހީމް ރަޝީދެވެ.

ޔުނިވަރސިޓީގެ މައި ކެމްޕަހުގައި ބޭއްވުނު މިސމިނާރ ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ އާއި ސްޓޫޑެންޓް ސާވިސްގެ ވެރިޔާ އަލްފާޟިލާ ނަދިޔާ ވަރަށް ބަލައިގަތް ސެމިނާރަކަށެވެ. މި ސެމިނާރގައި މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި މޮޅަށް ކިޔެވުމަށްޓަކައި ގެންގުޅެވިދާނެ އުކުޅު ތަކާއި އަދަބުތައް އަދި ބައެއް އާދަތައް ހިމެނެއެވެ.

އީ.ޕީ.އެސް ފައުންޑޭޝަނުން ވިސްނަމުން ގެންދަނީ މިބާވަތުގެ ފައިދާ ކުރަނިވި އިޖްތިމާޢީ އަދި ޢިލްމީ މަސައްކަތްތައް އިތުރަށް ރާވައި ހިންގުމަށެވެ. މިކަމުގައި އީ.ޕީ.އެސް ސްކޫލަށް ނިސްބަތްވާ ކަންކަމުގެ ތަޖުރިބާއާއި މާހިރީކަން ހުރި ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވައި އިތުރު ހަރަކާތްތައް ރޭވުމުގައި އެހީތެރިވެ ދެއްވުމަށް ފައުންޑޭޝަނުން އެދެއެވެ. އަދި މިކަމަށް ހުޅުވާލެވިފައިވާ ފުރުޞަތު އޮތްކަމަށް ފައުންޑޭޝަނުން ބުނެއެވެ.

    Leave a Comment