ފައުންޑޭޝަންގެ މެންބަރުންނަށްވުން ބާރަށް ކުރިއަށްދަނީ

EPS School > ޚަބަރު > ފައުންޑޭޝަންގެ މެންބަރުންނަށްވުން ބާރަށް ކުރިއަށްދަނީ

ފައުންޑޭޝަންގެ މެންބަރުންނަށްވުން ބާރަށް ކުރިއަށްދަނީ

އީ.ޕީ.އެސް ފައުންޑޭޝަންގެ ފުރަތަމަ ޢާއްމު ބައްދަލުވުން 10 ނޮވެމްބަރ 2018 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ބިލަބޮންގް ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ގައި ބޭއްވުމަށް ހަމަޖެހުމާއި ގުޅިގެން ފައުންޑޭޝަންގެ މެމްބަރުންނަށްވުމުގެ ކަންތައް ބާރަށް ހިނގަން ފަށައިފިއެވެ. މިގޮތުން 29 އޮކްޓޯބަރ 2018 ވީ ހޯމަދުވަހުގެރޭ އީ.ޕީ.އެސް ގެ އެކިއެކި އެކްޓިވިޓީ ގްރޫޕް ތަކުގެ މެދުގައި ފައުންޑޭޝަންގެ މެންބަރަކަށް ވުމުގެ ފޯމް ފުރުމަށްޓަކައި އޭ.ޑީ.ކޭ ކެފޭ ގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ފަންސަވީހަކަށް ފަރާތުން މެންބަރުކަމަށް ސޮއި ކުރިއެވެ.

މެންބަރުކަމަށް ވުމަށްޓަކައި އީ.ޕީ.އެސް ސްކޫލްގެ ދަރިވަރުންނާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށްވަނީ ދަޢުވަތުދީ ހުޅުވާލާފައެވެ. 3 ގޮތަކަށް މެންބަރުންނަށް ވެވެއެވެ. ފުރަތަމަ ގޮތަކީ އީ.ޕީ.އެސް ސްކޫލް ވެބްސައިޓުން މެންބަރު ކަމަށް އެދޭ ފޯމް ޑައުންލޯޑްކޮށް ފުރިހަމަކޮށް admin@epsfoundation.org.mv އަށް ފޮނުވުމެވެ.  އަދި ބޭންކް އޮފް މޯލްޑިވްސް ގައިވާ ފައުންޑޭޝަންގެ އެކައުންޓަށް އަހަރީ ފީ ކަމުގައިވާ 300 ރުފިޔާ ޖަމާ ކުރުމެވެ. ދެވަނަ ގޮތަކީ އޮންލައިންކޮށް ފޯމް ފުރާ އެޕްލިކޭޝަން ބޭނުންކޮށް މެންބަރަކަށް ވުމެވެ. ތިންވަނަ ގޮތަކީ އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް (ހ. ދިވެހިގެ) އަށް ޙާޟިރުވެ ފޯމް ފުރައި ފައިސާ ދެއްކުމެވެ.

އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް 4 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުންފެށިގެން ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހުގެ 2:00 އަށް ހުޅުވާފައި ބެހެއްޓުމުގެ އިންތިޒާމް ފައުންޑޭޝަނުން މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.

 

    Leave a Comment