އީ.ޕީ.އެސް ގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން ދިޔަ ނުދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވައިފި

EPS School > ޚަބަރު > އީ.ޕީ.އެސް ގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން ދިޔަ ނުދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވައިފި

އީ.ޕީ.އެސް ގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން ދިޔަ ނުދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވައިފި

އީ.ޕީ.އެސް ގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން ދިޔަ ނުދެއްވުމަށް ސަރުކާރަށާއި ދައުލަތަށް އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ޗެއަރޕާރސަން ޑރ. ޢަލީ ޝަމީމް އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މި އިލްތިމާސް ކުރެއްވީ 14 އޮކްޓޯބަރ 2018 ވީ އާދީއްތަ ދުވަހުގެރޭ ބޭއްވުނު ދަރުމަވަންތަ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާ ކުރިއަށް ދިޔައިރު ޓީ.ވީ މޯލްޑިވްސުން ވަގުތުން ދުރަށް ދައްކަމުން ދިޔައެވެ.

ޑރ. ޝަމީމް އިލްތިމާސް ކުރައްވަމުން ބަޔާން ކުރެއްވި ގޮތުގައި އީ.ޕީ.އެސް ސްކޫލްގެ ނަން މިއަހަރުގެ ނިޔަލަށް ދިވެހި ވުޖޫދުން ފުހެވިގެން ދިއުމުގެ ކަނބޮޑުވުން އެބައޮތެވެ. ނަމަވެސް މިސްކޫލަކީ ދިވެހިރާއްޖޭގެ ތަޢުލީމަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްފައިވާ ސްކޫލެއްކަމާއި، މިސްކޫލުން ދިވެހި ޤައުމު ފަޚުރުވެރިވާ ވަރުގެ ޚިދްމަތްތެރީން އުފައްދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ހުންނެވި ދިވެހި ދައުލަތުގެ ނާއިބު ރައީސް އޮނަރަބްލް ޢަބްދުﷲ ޖިހާދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ މަސީހާއި އަދި މިހާރު އިންތިޚާބު ވެވަޑައިގެންފައިވާ ރައީސް އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް އޮނަރަބްލް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވާކަން ފާހަގަ ކުރެއްވެވިއެވެ.

އީ.ޕީ.އެސް ގެ ނަން އަލުން ދިރުވޭތޯ އެސްކޫލުން ކިޔަވާފައިވާ ދަރިވަރުންތަކެއް އިސްނަގައިގެން ހަރަކާތްތަކެއް ފަށާފައިވާ ކަމަށާއި ސްކޫލް އަލުން ދިރުވުމުގައި ސަރުކާރާއި ދައުލަތުގެ އެހީތެރިކަން ދެއްވުމަށް ޑރ. ޝަމީމް ވަނީ އާދޭހާއެކު އިލްތިމާސް ކުރައްވަވާފައެވެ.

    Leave a Comment