މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލައިފި

EPS School > ޚަބަރު > މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލައިފި

މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލައިފި

އީ.ޕީ.އެސް ސްކޫލްގެ ޒިކުރާ އާކޮށް އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް އަހަރީ މުނާސަބަތު ފާހަގަ ކުރުމަށް މިހާރު އުފައްދާފައިވާ “އީ.ޕީ.އެސް ފައުންޑޭޝަންގެ މެމްބަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ވަނީ 10 އޮކްޓޯބަރ 2018 ގައި ހުޅުވާލެވިފައެވެ. މިގޮތުން އީ.ޕީ.އެސްގެ ވެބްސައިޓް މެދުވެރިކޮށް މެންބަރޝިޕް ފޯމް އޮންލައިންކޮށް ފުރައި އަހަރީ ޗަންދާ ކަމުގައިވާ 300 ރުފިޔާ ފައުންޑޭޝަންގެ ބީ.އެމް.އެލް އެކައުންޓަށް ދެއްކޭގޮތުގެ އިންތިޒާމް 11 އޮކްޓޯބަރ 2018 އިން ފެށިގެން ހަމަޖެހިގެން ދާނެކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް މެމްބަރޝިޕް ފޯމް ވެބްސައިޓުން ޑައުންލޯޑްކޮށް ފުރިހަމަ ކުރުމަށްފަހު އަހަރީ މެމްބަރޝިޕް ފީއާއެކު އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީހަށް ހެނދުނު 9 އިން 2 އާ ދެމެދު ދެއްކޭނެ އިންތިޒާމްވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގައި ޚަބަރު ލިބިފައި ވެއެވެ.

    Leave a Comment