އީ.ޕީ.އެސް ފައުންޑޭޝަންގެ ޚާއްޞަ އިޢުލާން

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑޭޝަންގެ ޚާއްޞަ އިޢުލާން

އީ.ޕީ.އެސް ފައުންޑޭޝަންގެ ޚާއްޞަ އިޢުލާން

އީ.ޕީ.އެސް ފައުންޑޭޝަން

 

                       ޚާއްޞަ އިޢުލާން

އީ.ޕީ.އެސް ގެ ފައުންޑޭޝަންގެ މެމްބަރުންނަށް ވުމަށް ޝައުގުވެރިވާ އީ.ޕީ.އެސް ސްކޫލްގެ ކުރީގެ ދަރިވަރުންނަށް ދަޢުވަތު އަރުވާ މިކަމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މެންބަރުންނަށް ވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އީ.ޕީ.އެސް ސްކޫލްގެ ވެބްސައިޓްގައިވާ ލިންކް މެދުވެރިކޮށް މެންބަރޝިޕް ފޯމް އޮންލައިންކޮށް ފުރުއްވަވައި އަހަރީ ފީ ގެ ގޮތުގައި 300 ރުފިޔާ ފައުންޑޭޝަންގެ ބީ.އެމް.އެލް އެކައުންޓަށް ދެއްކެވުން އެދެމެވެ.

އަދި ދަންނަވަމެވެ. މެމްބަރޝިޕް ފޯމް ވެބްސައިޓުން ޑައުންލޯޑްކޮށް ފުރުއްވަވައި ނަގުދު ފައިސާ ދައްކަވަން ބޭނުންވާ ފަރާތްތަކަށް މިކަމުގެ އިންތިޒާމް ހ. ދިވެހިގޭގައި ހުންނަ އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީހުގައި ރަސްމީ ދުވަސްދުވަހު ހެނދުނު 9 އިން މެންދުރުފަހު 2 އަށް ހަމަޖެއްސުމުގެ ކަންތައް ކުރިއަށްދާވާހަކަވެސް ދެންނެވީމެވެ.

އީ.ޕީ.އެސް ގެ ވީހާވެސް ގިނަ ދަރިވަރުން ފައުންޑޭޝަންގެ މެމްބަރުންނަށް ވެވަޑައިގަތުމަކީ ފައުންޑޭޝަނުން ވަރަށް ބޮޑަށް ތަރުހީބުދޭކަމެކެވެ.

އިޙްތިރާމާއެކު ޝުކުރިއްޔާ

10 އޮކްޓޯބަރ 2018

    Leave a Comment