އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ފޮޓޯއަލްބަމް ތައް ފައުންޑޭޝަނަށް ލިބިއްޖެ

EPS School > ޚަބަރު > އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ފޮޓޯއަލްބަމް ތައް ފައުންޑޭޝަނަށް ލިބިއްޖެ

އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ފޮޓޯއަލްބަމް ތައް ފައުންޑޭޝަނަށް ލިބިއްޖެ

އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ފޮޓޯތައް ހިމެނިފައިވީ 7 ފޮޓޯއަލްބަމެއް 29 ޖުލައި 2018 ވީ ހޮނިހިރު ދުވަހު ފައުންޑޭޝަނަށް ލިބިއްޖެއެވެ. މިތަކެއްޗަކީ ވީތަނެއްނޭގި ހޯދަމުން ގެންދެވިފައިވާ ތަކެއްޗެވެ. ގިނަ ދުވަސްވުމުގެ ސަބަބުންނާއި ރަނގަޅަށް ނުބެލެހެއްޓެވުމުގެ ސަބަބުން އަލްބަމް ތަކާއި އޭގައިވާ ތާރީޚީ ސްކޫލްގެ ފޮޓޯތައްވަނީ ހަލާކުވާން ފަށާފައެވެ. މިތަކެތި އަވަހަށް ސަލާމަތްކުރެވޭތޯ އީ.ޕީ.އެސް ފައުންޑޭޝަނުން މިހާރު ގެންދަނީ ސްކޭންކޮށް ޑިޖިކަލް ކޮށް ރައްކާކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ބައެއް ތަކެތި ކަމުގައިވާ އެކިއެކި މުބާރާތްތަކުން ރަތްވަނަތައް ހާޞިލްކޮށް ހޯދާފައިވާ ތަށިތަކާއި ޝީލްޑްފަދަ ތަކެތި އަދި ސެޓްފިކެޓް ތަކާއި ހަނދާނީ ލިޔުންތައް އަދި ވަނީ ފައުންޑޭޝަނަށް ނުހޯދިއެވެ. މިތަކެތި ގެއްލިދާނެތީ ފައުންޑޭޝަނުންވަނީ ކަމާބެހޭ ފަރާތްތަކުގެ ކިބައިގައި ކަންބޮޑުވުން ފާޅުކޮށް މިތަކެތި ސަލާމަތުން ލިބޭނެގޮތުން ހަދާދެއްވުމަށް އެދިފައެވެ. އީ.ޕީ.އެސް ސްކޫލްގެ ތަރިކައިގެ ގޮތުގައި ހިމެނޭ މިތަކެތި ގެއްލި ނުދިއުމަށާއި ވީރާނާވެގެން ދިޔަނުދީ ސަލާމަތްކުރެވޭތޯ ފައުންޑޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިތަކެއްޗާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްހުރިނަމަ އެކަން ފައުންޑޭޝަންގެ ވަގުތީ ހިންގާކޮމިޓީގެ ބޭފުޅަކަށް އަންގަވާދެއްވުމަށް ފައުންޑޭޝަނުން އެދެއެވެ.

    Leave a Comment