އީ.ޕީ.އެސް ފައުންޑެޝަންގެ އޮފީސް ހުޅުވިއްޖެ

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑެޝަންގެ އޮފީސް ހުޅުވިއްޖެ

އީ.ޕީ.އެސް ފައުންޑެޝަންގެ އޮފީސް ހުޅުވިއްޖެ

ދިގު އިންތިޒާރަކަށްފަހު އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް ހެންވޭރު ދިވެހި ގޭގެ އެންމެ ތިރީގައި  ހުޅުވިއްޖެއެވެ. މިއޮފީސް ހުޅުއްވަވައި ދެއްވެވީ، 26 ޖުލައި 208 ވީ ބުރާސްފަތި ދުވަހު ހަވީރު 5 ޖެހިއިރު މިކަމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އީ.ޕީ.އެސް ސްކޫލްގެ މަސްއޫލުވެރިޔާ އަދި ފައުންޑަރ މެމްބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިނެވެ. މި ރަސްމިއްޔާތުގައި އީ.ޕީ.އެސް ސްކޫލްގެބައެއް ދަރިވަރުން ފައުންޑޭޝަންގެ ވަގުތީ ހިންގާކޮމެޓީގެ ބޭފުޅުންނާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިރަސްމިއްޔާތަށް އީ.ޕީ.އެސް ފައުންޑޭޝަންގެ ދިދައާއި ދިވެހި ޤައުމީ ދިދައާއި ފުއްޕާހަމުން ވަނީ ޒީނަތްތެރި ކުރެވިފައެވެ.

މިއޮފީސް ހުޅުވާފައިވަނީ ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ހިންގަވާ އައލެންޑާސް ގްރޫޕްގެ ޗެއަމަން އަލްފާޟިލް މަހުމާ ޙުސައިން ރަޝީދުގެ ދީލަތި އެހީތެރިކަމާއެކު ދިވެހި ގެއިން ދެއްވި ޖާގައިގައެވެ. އެހެންކަމުން ފައުންޑޭޝަންގެ ފަރާތުން ޗެއަރމަނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވައެވެ.

އީ.ޕީ.އެސް ފައުންޑޭޝަން ހުޅުވައިގެން ކަންކަން ހިންގުމަށްޓަކައި ފުލްޓައިމް މުވައްޒަފެއް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވެއެވެ. އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް އެކިއެކި ގްރޫޕްތަކުން ރާވާ ހަރަކާތްތައް ރާވައި އިންތިޒާމް ކުރުމުގައި އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް ބޭނުންކުރެވޭގޮތް ވަނީ ހަމަޖެހިފައެވެ. މިގޮތުން އޮފީސް ބޭނުން ކުރަން ބޭނުންވާ ފަރާތްތަކުން ފައުންޑޭޝަންގެ ވަގުތީ ހިންގާކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ ނުވަތަ ޗެއަރޕާސަންއާ ގުޅުމުން މިކަން ހަމަޖެހޭނެއެވެ.

    Leave a Comment