
ޞިއްޙީ ދާއިރާއިން ޤައުމީ އިނާމު ޑރ. ޢަފީފަށް
ޞިއްޙީ ދާއިރާއިން ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޑޮކްޓަރ ޢަބްދުﷲ ޢަފީފަށް ލިބިވަޑައިގެންފިއެވެ. ޑޮކްޓަރ ޢަފީފަކީ، އީ.ޕީ.އެސް ސްކޫލްގެ ފަޚުރުވެރި ދަރިވަރެކެވެ. އީ.ޕީ.އެސް ސްކޫލްގެ އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހެއްދެވި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން ޑޮކްޓަރ ޢަބްދުﷲ ޢަފީފަށް ވަރަށް ހޫނު މަރުޙަބާ އެއް އަރިސްކުރަމެވެ. ޑޮކްޓަރ ޢަބްދުﷲ ޢަފީފު ޞީއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 27 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. […]