“ގޯލްޑަން ސެލްފީ ނައިޓް” ގެ ނަމުގައި ކުލަގަދަ ހަފްލާއެއް

EPS School > ޚަބަރު > “ގޯލްޑަން ސެލްފީ ނައިޓް” ގެ ނަމުގައި ކުލަގަދަ ހަފްލާއެއް

“ގޯލްޑަން ސެލްފީ ނައިޓް” ގެ ނަމުގައި ކުލަގަދަ ހަފްލާއެއް

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލްގެ ތާރީޚީ އަދި އުފާވެރިދުވަސް ފާހަގަ ކުރުމުގެ ގޮތުން އީ.ޕީ.އެސް ސްކޫލްގެ ކުރީގެ ދަރިވަރުންގެ ޓީމަކުން އިސްނަގައިގެން ޚާއްޞަ ހަފްލާއެއް 21 ޖޫން 2018 ވީ ބުރާސްފަތި ދުވަހުގެރޭ ހިރިޔާ ސްކޫލްގައި ބާއްވައިފިއެވެ. މި ހަފްލާގައި ސްކޫލްގެ ރަންޔޫބީލްގެ މުނާސަބަތުގައި ކޭކުފެޅުމާއި އަދި ސެލްފީ ނެގުމާއި ލަވައާއި މިޔުޒިކްގެ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ.

ކާމިޔާބު ހަފްލާއެއްގެ ގޮތުގައި ބެލެވިގެން ދިޔަ މިހަފްލާގައި އީ.ޕީ.އެސް ސްކޫލްގެ ފައުންޑަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 3 ފައުންޑަރުން ކަމުގައިވާ ސްކޫލްގެ މަސްއޫލުވެރިޔާ މުޙައްމަދު މުޞްޠަފާ ޙުސައިނާއި އަޙްމަދު މުޖުތަބާ އަދި މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކުރީގެ ވަރަށް ގިނަ ދަރިވަރުންނާއެކު ސްކޫލްގައި ދިގު މުއްދަތަކަށް ކިޔަވައިދެއްވި ބައެއް މުދައްރިސުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދިވެހި މުދައްރިސް ޢަބްދުﷲ ޞާދިގު ހިމެނިވަޑައިގެންނެވިއެވެ.

މި ހަފްލާގައި ސްކޫލަށް ތަފާތު ޚިދްމަތްތަކެއް ކޮށްފައިވާ، މިހާރު ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކުގެ ހަނދާނުގައި ސްކޫތެއް ގެނެވުނެވެ. އޭގެ ތެރޭގައި ޚާއްޞަކޮށް ދަރިވަރުން ޒިކުރާ އާކޮށްފައިވަނީ ގިނަ ދުވަސްތަކެއްވަންދެން ޕްރިންސިޕަލްކަން ކުރެއްވި އަލްމަރުހޫމް ޙަސަން މާހިރެވެ.

އަމިއްލަ އިސްނެގުމެއްގެ ތެރެއިން ސްކޫލަށް ހެޔޮއެދޭ ޓީމަކުން ރާވައި އިންތިޒާމްކުރި މިހަފްލާ ވަރަށް ކާމިޔާބު ހަފްލާއަކަށް ވުމުން އީ.ޕީ.އެސް ފައުންޑޭޝަނުންވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

    Leave a Comment