ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ޙިއްސާކޮށްފި

EPS School > ޚަބަރު > ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ޙިއްސާކޮށްފި

ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ޙިއްސާކޮށްފި

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް އަހަރު ފާހަގަކުރުމަށް އީ.ޕީ.އެސް ސްކޫލްގެ ދަރިވަރުން ރާވައި ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި އީ.ޕީ.އެސް ގެ ނަން ފުހެވިގެން ނުދާނޭގޮތެއްވޭތޯ ކުރެވެމުންދާ މަސައްކަތްތަކާގުޅޭ ގޮތުން ފައުންޑޭޝަންގެ ފަރާތުން ޓީ.ވީ މޯލްޑިވްސްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި އިއްޔެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.

މިގޮތުން މިޕްރޮގްރާމްގައި ބައިވެރިވެ މަޢުލޫމާތު ހިއްސާކޮށްދެއްވީ އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ރައީސް ޑރ. ޢަލީ ޝަމީމާއި ވަގުތީ ނާއިބު ރައީސް ޝާޢިރާ ސަލީމެވެ.

މިޕްރޮގްރާމް ގައި  ޖޫން 21 ވަނަ ދުވަހުގެރޭ އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ބޭއްވުނު ކާމިޔާބު “ގޯލްޑަން ޖުބްލީ ސެލްފީ ނައިޓް” ހަފްލާގެ މަޢުލޫމާތު ދިނުމުގެ އިތުރުން ކުރިއަށް ރޭވި ހިނގަމުންދާ ހަރަކާތްތައް ކަމުގައިވާ އަހަރީ ޖަލްސާއާއި، މަޖައްލާ ނެރުމާއި، ފޮޓޯ މަޢުރަޒް ބޭއްވުމާއި، ޕެރޭޑާއި ޓެލެންޓް ޝޯ އަދި ލަވަ އަލްބަމާއި ދުވުމާއި އަދަބީ ހަރަކާތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރެވުނެވެ.

މީގެ އިތުރުން އީ.ޕީ.އެސް ސްކޫލް ވުޖޫދުން ފުހެވިގެން ދިޔަ ނުދިނުމަށްޓަކައި އީ.ޕީ.އެސް ފައުންޑޭޝަނެއް އުފެދި މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މަޢުލޫމާތުވެސް މި ޕްރޮގްރާމްގައި ހިއްސާ ކުރެވުނެވެ.

    Leave a Comment