ފައުންޑޭޝަންގެ ބައްދަލުވުމެއް ބާއްވައިފި

EPS School > ޚަބަރު > ފައުންޑޭޝަންގެ ބައްދަލުވުމެއް ބާއްވައިފި

ފައުންޑޭޝަންގެ ބައްދަލުވުމެއް ބާއްވައިފި

22 ޖޫން 2018 ވީ ހުކުރު ދުވަހުގެރޭ 8 ޖެހިއިރު އީ.ޕީ.އެސް ފައުންޑޭޝަން ގެ ބައްދަލުވުމެއް މ. ބަގީޗާގޭގައި ހުންނަ ލެމަން ގްރާސް ރެސްޓޯރެންޓްގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ފައުންޑޭޝަން ގެ 12 ފައުންޑަރުންގެ ތެރެއިން 11 ފައުންޑަރުން ބައިވެރިވެ ވަޑައިގެން ފައުންޑޭޝަން އިންތިގާލީ މަރުހަލާގައި ހިންގާނެ ގޮތުގެ އުސޫލްތައް ކަނޑައެޅުމާއި އަދި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. މިގޮތުން ފައުންޑޭޝަންގެ ހަރަކާތްތަކުގައި އެއްގޮތަކަށްވެސް ސިޔާސީކުލަ ނުޖެހޭނެ ގޮތަށް މަސައްކަތްތައް ގެންދިއުމާގުޅޭ ގޮތުންނާއި، ނަޒާހަތްތެރިކަން ނުގެއްލޭނެ ގޮތަށް ފައިސާއާއި ތަކެތީގެ މުޢާމަލާތްތައް ރަނގަޅަށް  ބެލެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ފައުންޑޭޝަންގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ހުރިހާ ކަމެއްވެސް ގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށް އުޞޫލުތަކެއް އެކުލަވާލެވުނެވެ.

ފައުންޑޭޝަނަށް މެންބަރުން ވެއްދުމުގެ މަސައްކަތް ރާވައި އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މިކަމާ މަޝްޗވަރާކޮށް މިކަން ފައުންޑޭޝަންގެ އެއް ނައިބުރައީސް ކަމުގައިވާ އަޙްމަދު ޢާދިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށްވެސް މިބައްދަލުވުމުގައި ނިންމާފައިވެއެވެ.

    Leave a Comment