ޕްރެސް ކޮންފަރެންސް ޖޫން 9 ވާ ހޮނިހިރު ދުވަހު ބާއްވަނީ

EPS School > ޚަބަރު > ޕްރެސް ކޮންފަރެންސް ޖޫން 9 ވާ ހޮނިހިރު ދުވަހު ބާއްވަނީ

ޕްރެސް ކޮންފަރެންސް ޖޫން 9 ވާ ހޮނިހިރު ދުވަހު ބާއްވަނީ

ންފަރެންސް ޖޫން 9 ވާ ހޮނިހިރު ދުވަހު ބާއްވަނީ

އީ.ޕީ.އެސް ސްކޫލް ފައުންޑޭޝަންގެ ފަރާތުން އީ.ޕީ.އެސް ސްކޫލް ވުޖޫދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއާއި އީ.ޕީ.އެސް ގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވުމަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭގޮތުން، މީޑިއާ ތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އީ.ޕީ.އެސް ފައުންޑޭޝަނުން ނިންމައިފިއެވެ.

މި ޕްރެސް ކޮންފަރެންސް ބޭއްވޭނީ 8 ޖޫން 2018 ވާ ހޮނިހިރު ދުވަހު ހެނދުނު 11 ޖަހާއިރު ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ހޯލް ގައެވެ. މި ކޮންފަރެންސް ގައި އީ.ޕީ.އެސް ފައުންޑޭޝަންގެ ގިނަ ފައުންޑަރުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރެސް ކޮންފަރެންސާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ފައުންޑޭޝަންގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ވަޖީހާއި ގުޅުއްވުމަށް މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށްވަނީ ހުޅުވާލާފައެވެ.

މި ކޮންފަރެންސް ގައި އީ.ޕީ.އެސް ގެ ރަންޔޫބީލް ފާހަގަ ކުރުމަށް ބާއްވާ ޚާއްޞާ ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އީ.ޕީ.އެސް ސްކޫލްގެ ދަރިވަރުންނާއި ސްޓާފުން އަދި ހެޔޮއެދޭ ފަރާތްތަކުން ފައުންޑޭޝަންގެ ހޮޓްލައިން 7770201 އާއި ގުޅުއްވަވައި ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަންބަރާއި ފޯން ނަންބަރު ދެއްވުމަށް ފައުންޑޭޝަނުން ދަޢުވަތު އަރުވައެވެ.

    Leave a Comment