ޓްރިބިއުޓް ސޯންގް ގެ މަސައްކަތް ފަށައިފި

EPS School > ޚަބަރު > ޓްރިބިއުޓް ސޯންގް ގެ މަސައްކަތް ފަށައިފި

ޓްރިބިއުޓް ސޯންގް ގެ މަސައްކަތް ފަށައިފި

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ބޭއްވޭ އަހަރީ ޖަލްސާގައި ގެނެސް ދިނުމަށް ރޭވެމުންދިޔަ އީ.ޕީ.އެސް ސްކޫލް ގެ ޓްރިބިއުޓް ސޯންގް ނުވަތަ ޒިކުރާ އާކުރާ ލަވައިގެ މަސައްކަތް 2 ޖޫންގައި ފަށައިފިއެވެ. މި ލަވައިގެ ޅެން ހައްދަވައިދެއްވެވީ ފުންނާބު އުސް ލިޔުންތެރިޔާ މަޝްހޫރު ހޯރަފުށީ މުޙައްމަދު ސަލީމެވެ. 11 ބައިތުގެ މައްޗަށް ތައްޔާރު ކުރެވުނު މިލަވައިގައި ސްކޫލްގެ ކާމިޔާބީ ތަކުގެ މައްޗަށާއި ޤައުމަށް ފޯރުވައިދިން ޚިދްމަތުގެ މައްޗަށް އަލި އަޅުވާލެވިފައިވެއެވެ.

މިލަވަ އަށް މިޔުޒިކް ތައްޔާރު ކޮށްދެއްވަނީ މަޝްހޫރު މިޔުޒީޝަން އަލްފާޟިލް ރުކުމާ ޢަލީ ޢަބްދުލް ކަރީމެވެ. މިލަވަ ކިޔައިދިނުމަށް ނުވަތަ ޖަލްސާގައި ހުށަހަޅައިދިނުމަށް ގަސްދުކުރެވިފައިވަނީ އީ.ޕީ.އެސް ގެ ކުރީގެ ދަރިވަރުންނާއި މިހާރު އީ.ޕީ.އެސް ރަމްޒު ކޮށްދޭ ސްކޫލް ކަމުގައިވާ ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.

ޒިކުރާ އާކޮށްދޭ ލަވަ ގެނެސްދިނުމުގައި ކުރިއަގްރަފީކޮށް ބައެއް މަންޒަރުތައް ސްޓޭޖްމަތިން ދައްކާލެވޭތޯ ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފުރިހަމައަށް މިލަވަ ގެނެސްދެވިއްޖެނަމަ، މި އައިޓަމް ވެގެންދާނީ އެންމެ ގިނަ ދަރިވަރުން ބައިވެރިވެގެން ގެނެސްދެވޭ އެންމެ ފުރިހަމަ އެއް އައިޓަމް ކަމަށެވެ. މިކަމުގައި ބިލަބޮންގ ސްކޫލުން ދެއްވަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އީ.ޕީ.އެސް ފައުންޑޭޝަނުން އެސްކޫލަށް ޝުކުރު ދަންނަވައެވެ.

    Leave a Comment