ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

EPS School > ޚަބަރު > ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

10 މެއި 2018 ގައި އުފެދުނު އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ފަށައިފިއެވެ. މިގޮތުން 23 މެއި 2018 ގައި ފައުންޑޭޝަންގެ އިދާރާގެ ގޮތުގައި ހަމަޖެހިފައިވާ މ. ވައިޓް ގޭޓްގައި ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމެޓީގެ ބޭފުޅުން ބައްދަލުވުމެއް  ބޭއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މ. ވައިޓްގޭޓް އާ ހަވާލުވެ ތިއްބެވި ބިލަބޮންގ ސްކޫލްގެ ވެރިންގެ ފަރާތުން ވަޑައިގެން ދެއްވި އަދުލީ ރަޝީދާ އެކުއެވެ.

މިވަގުތު މ. ވައިޓް ގޭޓް ގައި ކަންތައް ހުރި ގޮތުން އޮފީހެއް ހިންގުމަށް ޖާގަ ނެގެން ނެތުމުން، އަދުލީ ރަޝީދު ހުށަހެޅުއްވީ އެބޭފުޅުން ބަލަހައްޓަވާ އެހެން އިމާރާތަކުން ފައުންޑޭޝަން ވަގުތީގޮތުން ހިންގެވުމަށް ޖާގަ ދެއްވުމަށެވެ. އަދި ފައުންޑޭޝަންގެ އިދާރާގެ ނަންބޯޑް ވައިޓް ގޭޓްގައި ބަހައްޓާ ގޮތަށެވެ. މިއީ މިއަހަރުގެ ނިޔަލަށް ހަމަޖައްސާ ވަގުތީ އިންތިޒާމެއްގެ ގޮތުގައެވެ. އީ.ޕީ.އެސް ފައުންޑޭޝަނަށް ބޭންކް އޮފް މޯލްޑިވްސް ގައި އެކައުންޓް ހުޅުވުމާއި، ދިރާގުން ފޯނު ލައިންތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި ފައުންޑޭޝަންގެ ލެޓަހެޑާއި ތައްގަނޑު މިހާރުވަނީ ތައްޔާރުކުރެވި ބޭނުންކުރަން ފެށިފައެވެ.

    Leave a Comment