ބުރަ މަސައްކަތަކާއި ދިގު އިންތިޒާރަކަށްފަހު އީ.ޕީ.އެސް ސްކޫލްގެ ޒިކުރާ އާލާކޮށް ނަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ އަދި އުއްމީދުން ފުރިގެންވާ އީ.ޕީ.އެސް ފައުންޑޭޝަން 10 މެއި 2018 ގައި ރަޖިސްޓްރީވެއްޖެއެވެ. ރަޖިސްޓްރީއާއި ހަވާލުވެ ވަޑައިގަތީ ޚާޢްޞަ ބައްދަލުވުމެއްގައި އެޑްވައިޒަރީ ކޮމެޓީގެ ނާއިބު މުޤައްރިރު އަލްފާޟިލާ ޝާޢިރާ ސަލީމެވެ.
12 މުއައްސިސުން ނުވަތަ ފައުންޑަރުންގެ ގޮތުގައި އީ.ޕީ.އެސްގެ ފައުންޑޭޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތިރީގައި މިވަނީއެވެ.
- އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިން ގ. ބޮޑުފެންވަޅުގެ
- އަލްފާޟިލް މުޙައްމަދު ޝަރީފް ހ. ދިވެހިގެ
- އަލްފާޟިލް އަޙްމަދު މުޖުތަބާ ގ. ފުންފެން
- ޑޮކްޓަރ ޢަލީ ޝަމީމް ހ. މެރިންވިއު
- އަލްފާޟިލާ ޝާޢިރާ ސަލީމް ހ. ލަކީ ކޯނަރ
- އަލްފާޟިލް އަޙްމަދު ޢާދިލް މ. އުނިމާގެ
- ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ލިލީގެ ތ. ހިރިލަންދޫ
- އަލްފާޟިލާ ރުގިއްޔާ އިބްރާހީމް މ. ނަލަރީތިގެ
- އަލްފާޟިލާ ފާޠިނާ ޤާސިމް ދަފްތަރު ރސ 4055
- އަލްފާޟިލް މުޙައްމަދު ވަޖީހު ޕޭންޓްލެންޑް ބ. އޭދަފުށި
- އަލްފާޟިލާ ނާޞިރާ ޞާދިޤު މ. ތްރީބާރޑްސް
- އަލްފާޟިލް އަޙްމަދު މުޙައްމަދު ގ. ސިކަންދަރުގެ
އީ.ޕީ.އެސް ފައުންޑޭޝަން ގެ މަޤްޞަދު ކަމުގައި ބަޔާންވެގެންވަނީ އީ.ޕީ.އެސް ސްކޫލްގެ ނަން ދިރުވައި ދެމެހެއްޓުން، ތަޢުލީމް ކުރިއެރުވުމަށް މަސައްކަތްކުރުން، އިސްލާމް ދީނާއި ޤައުމިއްޔަތު ދިރުވައި އާލާކުރުން، ހަރުދަނާ ޖީލެއް ބިނާކުރުން، ޤައުމީ ލޯތްބާއި އެއްބައިވަންތަކަން ދަމަހައްޓައި ރިވެތި އަޚްލާޤާއިސްލޫކް އަށަގެންނެވުމަށް މަސައްކަތް ކުރުމާއި އިންސާނީ ވަސީލަތްތައް މުއްސަނދި ކުރުމެވެ.