އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައިފި

EPS School > ޚަބަރު > އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައިފި

އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލައިފި

އީ.ޕީ.އެސް ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމިޓިއެއް އެފައުންޑޭޝަންގެ ފުރަތަމަ ބައްދަލުވުމުގައި އެކުލަވާލައިފިއެވެ. 19 މެއި 2018 ވީ ހޮނިހިރު ދުވަހުގެރޭ 5 ވަނަ ލެމަން ގްރާސް ރެސްޓޯރެންޓްގައި ބޭއްވުނު މި ބައްދަލުވުމުގައި އެކުލަވާލެވުނު ހިންގާ ކޮމިޓީ ތިރީގައި މިވަނީއެވެ. މި ހިންގާ ކޮމިޓީ ފައުންޑޭޝަންގެ އާއްމު ޖަލްސާއެއް ބާއްވައި ދާއިމީ ހިންގާ ކޮމިޓީއެއް ހިންގާ ގަވާޢިދާ އެއްގޮތަށް އެކުލަވާލެވެންދެން ދެމިއޮންނާނެއެވެ.

  1. މުޤައްރިރު ނުވަތަ ރައީސް: ޑރ. ޢަލީ ޝަމީމް
  2. ނާއިބު މުޤައްރިރު: އަލްފާޟިލާ ޝާޢިރާ ސަލީމް
  3. ނާއިބު މުޤައްރިރު: އަލްފާޟިލް އަހްމަދު ޢާދިލް
  4. ހިންގާ ސެކްރެޓަރީ އަދި ޚަޒާންދާރު: އަލްއުސްތާޛު އަޙްމަދު މުޙައްމަދު
  5. މީޑިއާ ކޯޑިނޭޓަރ: އަލްފާޟިލް މުޙައްމަދު ވަޖީހު

ވަގުތީ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވުނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 10 ފައުންޑަރުންގެ އިއްތިފާގުންނެވެ. މިބޭފުޅުންނަކީ ކުރިން އެޑްވައިޒަރީ ކޮމިޓީގައިވެސް ހިންގާ ކޮމިޓީގެ މަގާމްތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ގާބިލު ބޭފުޅުންނެވެ.

އީ.ޕީ.އެސް ފައުންޑޭޝަންގެ ފުރަތަމަ ބައްދަލުވުމުގައި ތިރީގައިވާ މުހިއްމު ކަންކަންވެސް ފާސްކޮށްފައިވެއެވެ.

* އާންމު މެމްބަރުން ފައުންޑޭޝަނަށް ވެއްދުމުގެ ޚާއްޞަ މަސައްކަތެއްފެށުން އަދި މެމްބަރޝިޕް ގެ އަހަރީ ފީ އަކީ 300 ރުފިޔާ ކަމުގައި.

* ފައުންޑޭޝަންގެ އިދާރީ އޮފީސް މ. ވައިޓްގޭޓް ގައި ގާއިމް ކުރުމަށް މަޝްވަރާކޮށް ނިންމުން.

* ބޭންކް އޮފް މޯލްޑިވްސް ގައި ފައުންޑޭޝަންގެ އެކައުންޓެއް ހުޅުވުން.

* ފައުންޑޭޝަން ފަށައިގަތުމަށް ހިނގާ ޚަރަދުތަކަށް ފައުންޑަރުން 500 ރުފިޔާއާއި 1000 ރުފިޔާގެ ޗަންދާއެއް މަހަކު ދެއްކުން.

* އީ.ޕީ.އެސް. ސްކޫލްގެ ރަންޔޫބީލް ޖަލްސާ 21 ޖޫން 2018 ގައި ދަރުބާރުގޭގައި ބޭއްވުމުގެ މަސައްކަތް ކުރުން.

* ފައުންޑޭޝަންގެ އޮފީސް ހިންގުމަށް ދާއިމީ މުވައްޒަފަކު ވެއްދުން.

* މިހާރުވެސް ހަރަކާތްތައް ވިލަރެސްކޮށް އެހީވެދޭ ދަރުމަވެރިންގެ އެހީތެރިކަމާއެކު މުހާރު ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުން އަދި އިތުރު ފަރާޔްތަކުގެ އެހީ ހޯދުން.

    Leave a Comment