
ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި
10 މެއި 2018 ގައި އުފެދުނު އީ.ޕީ.އެސް ފައުންޑޭޝަންގެ އޮފީސް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ފަށައިފިއެވެ. މިގޮތުން 23 މެއި 2018 ގައި ފައުންޑޭޝަންގެ އިދާރާގެ ގޮތުގައި ހަމަޖެހިފައިވާ މ. ވައިޓް ގޭޓްގައި ފައުންޑޭޝަންގެ ވަގުތީ ހިންގާ ކޮމެޓީގެ ބޭފުޅުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މ. ވައިޓްގޭޓް އާ ހަވާލުވެ ތިއްބެވި ބިލަބޮންގ ސްކޫލްގެ ވެރިންގެ ފަރާތުން ވަޑައިގެން ދެއްވި އަދުލީ ރަޝީދާ އެކުއެވެ. މިވަގުތު މ. ވައިޓް ގޭޓް […]