ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް މިއަދު ފޯމު ހުށަހަޅައިފި

EPS School > ޚަބަރު > ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް މިއަދު ފޯމު ހުށަހަޅައިފި

ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް މިއަދު ފޯމު ހުށަހަޅައިފި

އީ.ޕީ.އެސް ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް މިއަދު ފޯމާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކްލަބް ޖަމްޢިއްޔާ އަދި ފައުންޑޭޝަން ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަންގެ ބޭފުޅުންނަށް ފޯމާއި ލިޔެކިޔުންތައް ހުށަހެޅުއްވީ މިކަމަށް އެޑްވައިޒަރީ ކޮމިޓީއިން ވަޑައިގެންނެވި 7 މެމްބަރުންގެ ވަފުދުގެ ފަރާތުން އެޑްވައިޒަރީ ކޮމިޓީގެ މުޤައްރިރު ޑރ. ޢަލީ ޝަމީމެވެ. މިކަމަށް ހޯމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުގައި ފައުންޑޭޝަންގެ ފައުންޑަރުންނަށް ވެވަޑައިގަތުމަށް އެދިވަޑައިގެންނެވި 6 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޯމު ބަލައިގަތުމަށްފަހު ހޯމް މިނިސްޓްރީ އިން ވިދާޅުވެފައިވަނީ އާއްމު ގޮތެއްގައި ތަނެއް ރަޖިސްޓްރީ ކުރުމަށް 3 ހަފްތާގެ މުއްދަތު ބޭނުންވާ ކަމަށެވެ. ނަމަވެސް، ހަފްތާއެއްގެ ތެރޭގައިވެސް ރަޖިސްޓްރީ ކޮށްދެވޭތޯ ބައްލަވާ ދެއްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮންމެއަކަސް ފޯމްލެވުމަކީ ދިގު އިންތިޒާރަކަށްފަހު ޙާޞިލް ކުރެވުނު ކާމިޔާބީއެއްކަމުގައި އެޑްވައިޒަރީ ކޮމެޓީއިން ދެކެއެވެ. މިއާއިއެކު ހިލޭ ސާބަހަށް މަސައްކަތް ކުރައްވަވާ ވޮލަންޓިއަރުންނަށް އިތުރު ހިތްވަރު ލިބިގެންދިޔަކަމަށް ވެއެވެ.

    Leave a Comment