ފައުންޑަރ މެމްބަރު މުޖުތަބާ ފައުންޑޭޝަނަށް ރުހުން ދެއްވައިފި

EPS School > ޚަބަރު > ފައުންޑަރ މެމްބަރު މުޖުތަބާ ފައުންޑޭޝަނަށް ރުހުން ދެއްވައިފި

ފައުންޑަރ މެމްބަރު މުޖުތަބާ ފައުންޑޭޝަނަށް ރުހުން ދެއްވައިފި

އީ.ޕީ.އެސް ސްކޫލްގެ ފައުންޑަރ މެމްބަރ އަޙްމަދު މުޖުތަބާ އީޕީއެސް ފައުންޑޭޝަން އުފެއްދުމަށް ރުހުން ދެއްވައި މިކަމާބެހޭ ލިޔުންތަކުގައި ސޮއި ކުރައްވައިފިއެވެ. 18 އެޕްރީލް 2018 ވީ ބުދަ ދުވަހު އެޑްވައިޒަރީ ކޮމިޓީއިން ހަވީރު ސައިފޮދަކާއެކު މުޖުތަބާއާއި ބައްދަލުވުމެއް ބޭއްވުނެވެ. ފައުންޑޭޝަނަށް ތާއީދު ކުރައްވަވައި، އީ.ޕީ.އެސް ފައުންޑޭޝަން އުފެއްދުމުގައި ފައުންޑަރަކަށް ވެވަޑައިގަތުމަށް ސޮއި ދެއްވީ މި ބައްދަލުވުމުގެ ތެރޭގައެވެ.

އީ.ޕީ.އެސް ގެ މިހާރު ދުނިޔޭގައި ތިއްބެވި އޮރިޖިނަލް 3 ފައުންޑަރުންގެ ރުހުން މިހާރުވަނީ އީ.ޕީ.އެސް ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް ލިބިފައެވެ. މިހާރުދަނީ ފައުންޑަރުންނަށް ވުމަށް ނަން ހުށަހެޅިފައިވާ ހުރިހާ ބޭފުޅުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ ފޯމް ފުރިހަމަ ކުރުމުގެ މަސައްކަތެވެ. އުއްމީދު ކުރެވޭ ގޮތުގައި އަންނަ ހަފްތާގައި ފައުންޑޭޝަން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުން ތަކެއް ހޯމް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ.

    Leave a Comment