ފައުންޑޭޝަން ރަޖިސްޓްރީ ކުރުން ބާރަށް ކުރިއަށްދަނީ

EPS School > ޚަބަރު > ފައުންޑޭޝަން ރަޖިސްޓްރީ ކުރުން ބާރަށް ކުރިއަށްދަނީ

ފައުންޑޭޝަން ރަޖިސްޓްރީ ކުރުން ބާރަށް ކުރިއަށްދަނީ

އީ.ޕީ.އެސް ފައުންޑޭޝަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް 3 އެޕްރީލް 2018 ގައި ބޭއްވުނު އެޑްވައިޒަރީ ކޮމިޓީ އިން ނިންމައިފިއެވެ. މިގޮތަށް ނިންމީ ފައުންޑޭޝަންގެ ފައުންޑަރުންނަށް ވުމަށް 10 ފަރާތަކަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރު ޗެކްކޮށް އިވެލިއޭޝަން ކޮމިޓީއަކުން މި 10 ފަރާތް ފައުންޑަރުންނަށް ވުމަށް ހަމަޖެއްސުމަށް އެޑްވައިޒަރީ ކޮމިޓީއަށް ލަފާދެއްވުމާ ގުޅިގެންނެވެ.

އީ.ޕީ.އެސް ފައުންޑޭޝަންގެ ފައުންޑަރުންނަށް ހޮވުނު 10 ފަރާތުގެ ނަން އަދި އާއްމު ނުކުރުމަށްވެސް އެޑްވައިޒަރީ ކޮމިޓީއިން ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަންކުރުމަށް އެޑްވައިޒަރީ ކޮމިޓީއިން ކަނޑައެޅީ 5 މެމްބަރުންގެ އިވެލުއޭޝަން ކޮމިޓީއިން ލަފާދެއްވުމާގުޅިގެންނެވެ. އަދި ނަންތައް އާއްމު ނުކުރުމަށް ހަމަޖައްސާފައިވަނީ އެފަރާތްތަކުގެ ގާނޫނީ ފޯމްތައް މިހާރު ފުރިހަމަ ކުރަމުންދާތީއާއިއެކު އަދި ބައެއް ކަންކަން ހަމަޖައްސަން ޖެހޭތީއެވެ.

އީ.ޕީ.އެސް ފައުންޑޭޝަން އަށް އެޑްވައިޒަރީ ކޮމިޓީއިންނާއި އަދި ފައުންޑޭޝަން ނެގޯސިއޭޝަން ގްރޫޕުން ފާސްކޮށްފައިވާ ޑްރާފްޓް އަސާސީ ގަވާޢިދުގައި ބަޔާންވެގެންވަނީ ފައުންޑަރުންގެ ގޮތުގައި 13 ފަރާތް ބޭތިއްބުމަށެވެ. އެއީ އީ.ޕީ.އެސް ގެ އޮރިޖިނަލް ފައުންޑަރުންގެ ގޮތުގައި މިހާރު ތިއްބެވި 3 ފައުންޑަރުންނާއި އަލުންހޮވޭ 10 ފައުންޑަރުންނާއެކު ޖުމްލަ 13 ބޭފުޅުން ތިއްބަވާ ގޮތަށެވެ. އަލުންހޮވޭ 10 ފައުންޑަރުންގެ ތެރޭގައި މަދުވެގެން 3 އަންހެން ބޭފުޅުން ތިއްބަވާ ގޮތަށްވެސް އަސާސީ ގަވާއިދުގައި ބަޔާންވެގެންވެއެވެ.

ފައުންޑޭޝަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޑްވައިޒަރީ ކޮމެޓީއިން ނިންމާފައިވަނީ، ކޮމިޓީގެ އެއް ނާއިބު ރައީސް އަޙްމަދު އާދިލާއި އިދާރީ ސެކްރެޓަރީ އަލްއުސްތާޛް އަޙްމަދު މުޙައްމަދު ސަބް ކޮމިޓީއެއްގެ ގޮތުގައި މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ.

    Leave a Comment