ޕެރޭޑާއި ބޭންޑްގެ ހަރަކާތް ތަކުގައި ބައިވެރިވާން ދަޢުވަތު ދެއްވައިފި

EPS School > ޚަބަރު > ޕެރޭޑާއި ބޭންޑްގެ ހަރަކާތް ތަކުގައި ބައިވެރިވާން ދަޢުވަތު ދެއްވައިފި

ޕެރޭޑާއި ބޭންޑްގެ ހަރަކާތް ތަކުގައި ބައިވެރިވާން ދަޢުވަތު ދެއްވައިފި

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް މުނާސަބަތު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ރޭވިފައިވާ ޕެރޭޑް ނުވަތަ ޕްރޮސެޝަން ތައްޔާރު ކުރުމަށް ކެޑޭޓާއި ބޭންޑްގައި ބައިވެރިވުމަށް ޝައުގުވެރިވާ ، ސްކޫލްގެ ކުރީގެ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލާ މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ދަޢުވަތު އަރުވައިފިއެވެ. މި ހަރަކާތް ރާވައި ހިންގުމުގައި ކޯޑިނޭޓަރަކަށް ހުންނެވި އިޝާން (7774572) އެދި ވަޑައިގަންނަވަނީ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަވަހަށް އޭނާއަށް ގުޅުއްވަވައި ނަން ދެއްވުމަށެވެ.

ބޭންޑް ޕްރެކްޓިސް ކުރުމުގެ ކަންތައް ހަމަޖެއްސުމަށް އިޝާން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ކަންކަން ރޭވިފައިވާ ގޮތަށް ގެންދެވިއްޖެނަމަ އުއްމީދު ކުރެވެނީ ރަމަޟާން މަހުގެ ކުރިން (16 މެއި 2018) މި ހަރަކާތް މާލޭގައި ބޭއްވޭނެ ކަމަށެވެ. އަދި އީ.ޕީ.އެސް ގެ ކުރީގެ ދަރިވަރުންނާއި، މުދައްރިސުންނާއި، މުވައްޒަފުންނާއި ބެލެނިވެރިން އަދި ހެޔޮއެދޭ ފަރާތްތަކުންވެސް ޕެރޭޑް ގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކަން ރޭވުމަށް މަސައްކަތް ކުރައްވާ ޓީމްގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމަށް ރަނގަޅު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އިޝާން ވިދާޅުވެފައިވެއެވެ.

    Leave a Comment