ސްޓޭޖް ޝޯވ ގައި އައިޓަމެއް ހުށަހަޅާ ދިނުމަށް އެދިވަޑައިގެންފި

EPS School > ޚަބަރު > ސްޓޭޖް ޝޯވ ގައި އައިޓަމެއް ހުށަހަޅާ ދިނުމަށް އެދިވަޑައިގެންފި

ސްޓޭޖް ޝޯވ ގައި އައިޓަމެއް ހުށަހަޅާ ދިނުމަށް އެދިވަޑައިގެންފި

އީ.ޕީ.އެސް ސްކޫލްގެ ތާރީޚީ ރަންޔޫބީލް މުނާސަބަތު ފާހަގަ ކުރުމަށް ރޭވެމުންދާ ސްޓޭޖް ޝޯވ ގައި ކޮންމެ ބެޗަކުން ކުރު ނަމަވެސް އައިޓަމެއް ހުށހަޅާ ދެއްވުމަށް މިހަރަކާތުގައި އިސްކޮށް އުޅުއްވާ ކޯޑިނޭޓަރ މުޙައްމަދު މަނިކު އެދިވަޑައިގެންފިއެވެ. މިގޮތުން ނެށުމެއް ނަމަވެސް ކުޑަ ޑްރާމާއެއް ނަމަވެސް ނުވަތަ މުނިފޫހި ފިލުވައިދޭ ކޮންމެވެސް އައިޓަމެއް ސްކޫލްގެ ކޮންމެ ބެޗަކުން ތައްޔާރުކޮށް ދެއްވުމަށް އެދި ދަޢުވަތު އަރުވައެވެ.

މަނިކު ވިދާޅުވަނީ 2 ބައިގަޑި އިރުގެ ޝޯވ އެއް ރޯދައިގެ ކުރިން އޮލިމްޕަހުގައި (16 މެއި 2018) ބޭއްވޭތޯ އޭނާގެ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި އިވެންޓަކީ އީ.ޕީ.އެސް ސްކޫލްގެ ކަންކަމަށް ޚައިރާތު އެއްކުރުމަށް ނުވަތަ ފަންޑްރެއިސް ކުރުމަށް ބޭއްވުމަށް ރޭވިފައިވާ ބޮޑު ހަރަކާތެއް ކަމަށެވެ. ޓިކެޓް ވިއްކައިގެން 3 ރޭވަންދެން ބޭއްވުމަށް ގަސްދުކުރެވިފައިވާ މި ޝޯވ ގައި ކުރީގެ ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލާ މަޝްހޫރުވެލުމަށްވިޔަސް، މިފުރުޞަތުގެ ބޭނުން ވީހާ ގިނަ ދަރިވަރުން ހިފާނެ ކަމުގައި މަނިކު އުއްމީދު ކުރައްވައެވެ. މިކަމާގުޅެ ގޮތުން ސީދާ އޭނާ އާއި ގުޅުއްވުމަށް (7762737) އެދިވަޑައިގަންނަވައެވެ.

    Leave a Comment