އީ.ޕީ.އެސް ސްކޫލް ގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭވިފައިވާ އެކި ހަރަކާތްތައް ނުވަތަ އިވެންޓްތައް ރާވައި ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވަވާ ވިލަރެސް ވެރިންނާއި ނުވަތަ ކޯޑިނޭޓަރުންނާއި އެޑްވައިޒަރީ ކޮމިޓީއިން 11 މާރޗް 2018 ވީ އާދީއްތަ ދުވަހު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މ. ބަގީޗާ ގޭގައި ހުންނަ ލެމަން ގްރާސް ރެސްޓޯރެންޓް ގައި ސައިފޮދަކާއެކު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ތިރީގައިއެވާ ކޯޑިނޭޓަރުން އެޑްވައިޒަރީ ކޮމެޓީގެ ބޭފުޅުންނާއެކު ބައިވެރިވެ ވަޑައިގަތެވެ.
1- ސްޓޭޖް ޝޯވ ކޯޑިނޭޓަރ – މުޙައްމަދު މަނިކު
2- ޕެރޭޑް / ޕޮރޮސެޝަން ކޯޑިނޭޓަރ – އިޝާން
3- އަދަބީ ހަރަކާތް ތަކުގެ ކޯޑިނޭޓަރ – މުޙައްމަދު ސަލީމް
4- ލަވަ އަލްބަމްގެ ކޯޑިނޭޓަރ – ރުކުމާ ޢަލީ
5- މެގެޒިން ކޯޑިނޭޓަރ – މުޙައްމަދު ވަޖީހު
މި ބައްދަލުވުމުގައި ކޯޑިނޭޓަރުން މިހާރު މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތާއި ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރައްވަވާފައި ވެއެވެ. އަދި ގޮން ޖެހުންތަކާއި ހުރަސްތަކުން އަރައިގަންނާނެ ގޮތްތަކާމެދު މަޝްވަރާކޮށް އިތުރު ހިތްވަރާއެކު އިވެންޓްތައް ބާރަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނެވެ.