އެޑްކަމްގެ ބައްދަލުވުމެއް މިރޭ

EPS School > ޚަބަރު > އެޑްކަމްގެ ބައްދަލުވުމެއް މިރޭ

އެޑްކަމްގެ ބައްދަލުވުމެއް މިރޭ

އީޕީއެސް ސްކޫލުގެ ރަންޔޫބީލް ފާހަގަ ކުރުމާއި އީޕީއެސްގެ ނަން ގެއްލި ނުގޮސް އާލާވެ ހުންނާނެ ގޮތްތަކެއް ރޭވޭތޯ މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމެއް 7 މާރޗް 2018 ވާ ބުދަދުވަހުގެ ރޭ 9 ޖަހާއިރު ބިލަބޮން ހައި އީ.ޕީ.އެސް އިންޓަރނޭޝަނަލް ސްކޫލުގެ ކްލާސް ރޫމެއްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގެ އެޖެންޑާއަކަށްވާނީ އީޕީއެސް ފައުންޑޭޝަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހަލުވިކޮށް ތާވަލެއްގެމަތީން ގެންދާނެގޮތް ރާވާލުމެވެ. އަދި ރަންޔޫބީލްގެ މުނާސަބާ ފާހަގަކުރުމަށް ރޭވިފައިވާ ހަރަކާތްތައް ކުރިއަށްދާ ނުދާގޮތާއިމެދު މަޝްވަރާކޮށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމެވެ.

މިބައްދަލުވުމުގައި އެޑްވައިޒަރީ ކޮމެޓީގެ ވީހާގިނަ މެންބަރުން ބައިވެރިވެ ވަޑައިގެންދެއްވުމަށް ރިޔާސަތުން އެދިވަޑައިގަންނަވައެވެ. ވަގުތީގޮތުން ރިޔާސަތާއި ހަވާލުވެހުންނެވި ކޮމެޓީގެ ނާއިބު ރައީސާ އަލްފާޟިލާ ޝާޢިރާ ސަލީމްގެ ރިޔާސަތުގެ ދައުރުވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ނިމިފައެވެ. އެހެންކަމުން މިހާރު ރިޔާސަތާއި ހަވާލުވެ ހުންނެވީ ކޮމެޓީގެ ރައީސް ޑރ ޢަލީ ޝަމީމެވެ.

    Leave a Comment