އީޕީއެސް ފައުންޑޭޝަން އުފެއްދުމަށް މުއައްސިސުންނަށް ވާންބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަނީ

EPS School > ޚަބަރު > އީޕީއެސް ފައުންޑޭޝަން އުފެއްދުމަށް މުއައްސިސުންނަށް ވާންބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަނީ

އީޕީއެސް ފައުންޑޭޝަން އުފެއްދުމަށް މުއައްސިސުންނަށް ވާންބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަނީ

އީޕީއެސް ފައުންޑޭޝަން އުފެއްދުމަށް ބޭނުންވާ މުއައްސިސުން ކަނޑައެޅުމަށްޓަކައި މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ އީ.ޕީ.އެސްގެ ކުރީގެ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލުމަށް އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމާފައެވެ. މީގެ މަޤްޞަދަކީ މިކަމަށް އެންމެ ލާއިޤު އަދި ޤާބިލް ފަރާތްތަކަށް އަމިއްލައަށް ކުރިމަތިލައްވާ އަމިއްލަފުޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގެން އީ.ޕީ.އެސް ދިރުވުމަށް މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މި އަގުހުރި ފުރުޞަތު އެރުވުމެވެ.

މުއައްސިސުންނަށް ނުވަތަ ފައުންޑަރުންނަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މިކަމަށް އެދި ނަން ހުށައެޅުމަށް ތައްޔާރު ކުރެވިފައިވާ ޚާއްޞަ އެޕްލިކޭޝަންފޯމް އީ.ޕީ.އެސް ރަންޔޫބީލް ވެބްސައިޓުން ޑައުންލޯޑްކޮށް ޕްރިންޓް ކުރެވޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

އެޕްލިކޭޝަން ފޯމު ފުރުއްވުމަށް މިތަނަށް ކްލިކްކުރައްވާ!

މުއައްސިސުންގެ ޝަރުޠުތައް

ފައުންޑޭޝަންގެ ޤަވާޢިދު

އީޕީއެސް ފައުންޑޭޝަން ރަޖިސްޓްރީކުރުމަށް ބޭނުންވާ އަސާސީ ޤަވާޢިދު މިހާރުވަނީ އެކަމަށް ކަނޑައެޅުނު ޚާއްޞަ ކޮމެޓީއަކުން އެކުލަވާލާ ނިންމާފައެވެ. މިޤަވާއިދުގައި ވާގޮތުން ފައުންޑަރުންގެ ގޮތުގައި ތިއްބަވާނީ ޖުމްލަ 13 ފަރާތެކެވެ. އެއީ އީޕީއެސް ސްކޫލުގެ އޮރިޖިނަލް ފައުންޑަރުންގެ 3 ބޭފުޅުންނާއެކު އިތުރު 10 ބޭފުޅެކެވެ. މި 10 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނުމަށް ޤަވައިދު ލާޒިމް ކުރެއެވެ.

 

    Leave a Comment