
ޕެރޭޑާއި ބޭންޑްގެ ހަރަކާތް ތަކުގައި ބައިވެރިވާން ދަޢުވަތު ދެއްވައިފި
އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް މުނާސަބަތު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ރޭވިފައިވާ ޕެރޭޑް ނުވަތަ ޕްރޮސެޝަން ތައްޔާރު ކުރުމަށް ކެޑޭޓާއި ބޭންޑްގައި ބައިވެރިވުމަށް ޝައުގުވެރިވާ ، ސްކޫލްގެ ކުރީގެ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލާ މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ދަޢުވަތު އަރުވައިފިއެވެ. މި ހަރަކާތް ރާވައި ހިންގުމުގައި ކޯޑިނޭޓަރަކަށް ހުންނެވި އިޝާން (7774572) އެދި ވަޑައިގަންނަވަނީ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަވަހަށް އޭނާއަށް ގުޅުއްވަވައި ނަން ދެއްވުމަށެވެ. ބޭންޑް ޕްރެކްޓިސް ކުރުމުގެ ކަންތައް ހަމަޖެއްސުމަށް އިޝާން […]