އީ.ޕީ.އެސް ގެ ދަރިވަރުން ފައުންޑަރ ޝަރީފާއި މަޝްވަރާ ކޮށްފި

EPS School > ޚަބަރު > އީ.ޕީ.އެސް ގެ ދަރިވަރުން ފައުންޑަރ ޝަރީފާއި މަޝްވަރާ ކޮށްފި

އީ.ޕީ.އެސް ގެ ދަރިވަރުން ފައުންޑަރ ޝަރީފާއި މަޝްވަރާ ކޮށްފި

18 ފެބްރުއަރީ 2018 ވީ އާދީއްތަ ދުވަހު މެންދުރުފަހު 3 ޖެހިއިރު އީ.ޕީ.އެސް ސްކޫލްގެ އިސް ދަރިވަރުންގެ ޓީމަކުން ސްކޫލްގެ އެއް ފައުންޑަރ މެމްބަރެއް ކަމުގައިވާ ދިވެހިގޭ މުޙައްމަދު ޝަރީފާއި ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ. މ. ބަގީޗާ ގޭގައިހުންނަ ލެމަންގްރާސް ރެސްޓޯރެންޓްގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތާއި އަދި ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން ފައުންޑަރ މެމްބަރ ޝަރީފަށް މަޢުލޫމާތު ހިއްސާ ކުރެވުނެވެ.

އީ.ޕީ.އެސް ގެ ނަން އަލުން ދިރުވައި ދެމެހެއްޓުމަށްޓަކައި އީ.ޕީ.އެސް ފައުންޑޭޝަނެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތާގުޅޭ ގޮތުންވެސް ޝަރީފަށް މި ބައްދަލުވުމުގައި މަޢުލޫމާތު އެރުވުނެވެ. އަދި މި ފައުންޑޭޝަންގެ ފައުންޑަރ މެމްބަރަކަށް ޝަރީފް ވެވަޑައިގެން ދެއްވުމަށް ދަޢުވަތު އެރުވުނެވެ. މިދަޢުވަތު އުފަލާއެކު ގަބޫލު ކުރައްވައި ފައުންޑޭޝަން އުފެއްދުމަށް ބޭނުންވާ ލިޔުމާއި އަދި ސޮއި ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ބަޔާން ކުރައްވަވައި އެ ބައްދަލުވުމުގައި ފޯމްތަކުގައި ސޮއިކޮށް ދެއްވައި އަދި އައި.ޑީ.ކާޑްގެ ކޮޕީއެއް ވެސް ލިބޭނެގޮތް ހަމަޖައްސައި ދެއްވިއެވެ.

މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ބިލަބޮންގ ސްކޫލްގައި މިހާރު ބެހެއްޓިފައިވާ އީ.ޕީ.އެސް ސްކޫލްގެ ފޮޓޯ އަލްބަމް ތައް އެޑްވައިޒަރީ ކޮމިޓީގެ ހިންގާ ސެކެޓްރީ އަލްފާޟިލް މުޙައްމަދު ވަޖީހާއި ހަވާލުކޮށްދެއްވާނެ ކަމުގައިވެސް ޝަރީފްވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުން ބާއްވައިދެއްވީތީ ދަރިވަރުން ޝަރީފަށް ޝުކުރުއަދާކުރިއެވެ.

    Leave a Comment