ޕެރޭޑް ގެ ކޯޑިނޭޓަރާއި އެޑްވައިޒަރީ ކޮމެޓީ ބައްދަލުކޮށްފި

EPS School > ޚަބަރު > ޕެރޭޑް ގެ ކޯޑިނޭޓަރާއި އެޑްވައިޒަރީ ކޮމެޓީ ބައްދަލުކޮށްފި

ޕެރޭޑް ގެ ކޯޑިނޭޓަރާއި އެޑްވައިޒަރީ ކޮމެޓީ ބައްދަލުކޮށްފި

އީ.ޕީ.އެސްގެ ރަންޔޫބީލް ފާހަގަކުރުމަށްޓަކައި، ކުރީގެ ދަރިވަރުންގެ ފަރާތުން ބާއްވާ އެންމެ މުހިއްމު އިވެންޓެއްކަމުގައިވާ ޕެރޭޑް ނުވަތަ ޕްރޮމޯޝަންގެ ކަންތަކުގައި އިސްކޮށް ހުންނަވާ ސަމީނާއާއި އެޑްވައިޒަރީ ކޮމިޓީގެ ފަރާތުން 17 ފެބްރުއަރީ 2018 ވީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ބިލަބޮންގް ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރުމުގައި މަޝްވަރާ ކުރެވުނީ ޕެރޭޑް ނުވަތަ ޕްރޮސެޝަން ރާވައި އިންތިޒާމް ކުރުމާ ގުޅޭގޮތުންނާއި، ބޭންޑްގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމާގުޅޭ ގޮތުންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، އެޑްވައިޒަރީ ކޮމިޓީގެ ފަރާތުން ދެވެންއޮތް ހުރިހާ އެއްބާރުލުމާއި އެހީތެރިކަމެއް މިހަރަކާތް ރާވައި އިންތިޒާމް ކުރުމުގައި ލިބޭނެކަމަށާއި، މިކަން އިންތިޒާމް ކުރުން ބޭނުންވާ ގޮތަކަށް އެކަމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ ޚިޔާލާއި މިނިވަން ކަމާއެކު ކުރިއަށް ގެންދެވިދާނެކަމުގައި އެޑްވައިޒަރީ ކޮމިޓީއިން ސަމީނާ އަރިހުގައި ދެންނެވިއެވެ. އަދި މިކަމުގައި އިސްނަންގަވާފައިވާ އެކި ކަންކަމުގެ ފޯކަލް ޕޮއިންޓް ތަކާއެކު މަޝްވަރާކޮށް ކުރިއަށް ގެންދެވުމަށް މި ބައްދަލުވުމުގައި އެއްބަސްވެވުނެވެ.

ބިލަބޮންގ ސްކޫލުން މިހާރުވަނީ އީ.ޕީ.އެސް ސްކޫލްގައި ކުރިން ބޭނުންކުރި ބޭންޑް ސާމާނުތައް ބޭންޑް ކުދިންނަށް ހޯދާދީފައެވެ. ނަމަވެސް މިތަކެތި ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރުމުގެ ސަބަބުންވަނީ ވީރާނާވާން ފަށާފައެވެ. އެހެންކަމުން އިތުރަށް މަރާމާތު ނުކޮށް ބޭނުން ނުކުރެވޭނެތީ މިއީ މިކަމުގައި ދިމާވެފައިވާ ގޮންޖެހުމެކެވެ. މިކަމަށް ހައްލު ހޯދޭތޯ މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. ޕްރެކްޓިސްތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ބިލަބޮންގް ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ރޭގަނޑު 9 ގެ ފަހުންނެވެ.

    Leave a Comment