ފައުންޑޭޝަނާބެހޭ މަޝްވަރާތައް ހޮނިހިރުދުވަހުގެރޭ ފަށަނީ

EPS School > ޚަބަރު > ފައުންޑޭޝަނާބެހޭ މަޝްވަރާތައް ހޮނިހިރުދުވަހުގެރޭ ފަށަނީ

ފައުންޑޭޝަނާބެހޭ މަޝްވަރާތައް ހޮނިހިރުދުވަހުގެރޭ ފަށަނީ

އީ.ޕީ.އެސްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ވިލަރެސްކޮށްބެލެހެއްޓުމަށާއި ، އީ.ޕީ.އެސް ސްކޫލުގެ ނަން ދިރުވައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށްޓަކައި އުފައްދަން ނިންމާފައިވާ އީ.ޕީ.އެސް ސްކޫލް ފައުންޑޭޝަން ވުޖޫދުކުރުމަށް ރާވަންޖެހޭ ކަންކަމާއި ނިންމަންޖެހޭ ލިޔުންތައް އެކުލަވާލުމަށްޓަކައި މަޝްވަރާ ބައްދަލުވުންތަކެއް 17 ފެބްރުއަރީ 2018 ވާ ހޮނިހިރުދުވަހުގެ ރޭ 9 ޖަހާއިރު ބިލަބޮން ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާ ދެއްވަވާނީ ފައުންޑޭޝަން އުފެއްދުމުގެ މަސައްކަތާއި ހަވާލުވި ކުރީގެ ދަރިވަރުންގެ ތެރެއިން ޑރ ޢަބްދުﷲ ޢަފީފެވެ. މި ބައްދަލުވުންތަކުގައި އެޑްވައިޒަރީ ކޮމެޓީގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންދެއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އީ.ޕީ.އެސް.ސްކޫލްގެ ފައުންޑޭޝަން ރަޖިސްޓްރީކޮށް ކަންކަން އަވަސްކުރުމަށް ބައެއް ދަރިވަރުން ދަނީ ގޮވާލަމުންނެވެ. ސަބަބަކީ ރަސްމީކޮށް “ޤާނޫނީ ޝަޚުސެއް” ރަޖިސްޓްރީކުރެވިގެން ނޫނީ ތަންތަނަށް ސިޓީ ފޮނުވާ އެއްބަސްވުންތައް އެކުލަވާލާ އަދި ފައިސާގެ މުޢާމަލާތްތައް ނުކުރެވޭތީއެވެ.

    Leave a Comment