ހޯމް މިނިސްޓްރީގެ ކްލަބްޖަމުޢިއްޔާތަކާބެހޭ ބޭފުޅުންނާއި ބައްދަލުކޮށްފި

EPS School > ޚަބަރު > ހޯމް މިނިސްޓްރީގެ ކްލަބްޖަމުޢިއްޔާތަކާބެހޭ ބޭފުޅުންނާއި ބައްދަލުކޮށްފި

ހޯމް މިނިސްޓްރީގެ ކްލަބްޖަމުޢިއްޔާތަކާބެހޭ ބޭފުޅުންނާއި ބައްދަލުކޮށްފި

އީ.ޕީ.އެސް ފައުންޑޭޝަން އުފެއްދުމާއި ގުޅޭގޮތުން ބައެއްކަންކަން ސާފުކޮށް މައުލޫމާތު ހޯދުމުގެ ގޮތުން އީޕީއެސްގެ ކުރީގެ ދަރިވަރުންގެ ގުރޫޕަކުން 13 ފެބްރުއަރީ 2018 ވީ އަންގާރަދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއަޒްގެ ކުލަބް ޖަމުޢިއްޔާތަކާބެހޭ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި ކުރީގެ ދަރިވަރުންގެ ގުރޫޕުގައި އިސްކޮށް އިންނެވީ އެޑްވައިޒަރީ ކޮމެޓީގެ ވަގުތީ ޗެއަރ ޕާސަން ޝާއިރާ ސަލީމެވެ. ކުލަބްޖަމުޢިއްޔާތަކާބެހޭ ސެކްޝަނުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އަލްފާޟިލް އަލީ އައުޒަމްއާއި އަލްފާޟިލް ޢައްބާސް އަޙުމަދެވެ.

މިބައްދަލުމުގައި ފައުންޑަރުންނަށް ތިއްބަވާ ބޭފުޅުންގެ ޝަރުތުތަކަކީ ކޮބައިކަމާއި ފައުންޑޭޝަނެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަމާއި އަދި ފައުންޑޭޝަނެއް ހިންގުމަށް ބޭނުންވާ އަސާސީ ޤަވާޢިދާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ދެއްވެވިއެވެ. މިކަންކަމުގެ އިތުރުން ފައުންޑޭޝަނެއް އުފައްދާ ހިންގުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ޚައިރާތު އެއްކުރުމާއި، ފައިސާގެ މުޢާމަލާތައް ގެންގުޅެންޖެހޭ ގޮތާއި ހިންގާކޮމެޓީގެ ދައުރާއި މީރާއަށް ޓެކްސެއް ދެއްކުމެއްނުވާކަމާއި މިކަންކަމުގެ މައުލޫމާތު ކުރީގެ ދަރިވަރުންގެ ގުރޫޕަށް އޮޅުންފިލުވައި ދެއްވެވިއެވެ.

    Leave a Comment