އަޅުގަނޑަށް ޙަސަން މާހިރު ދަސްކޮށްދެއްވީ ”ޒިންމާދާރު” މިބަސް

EPS School > މާޒީގެ ލިޔުންތައް > އަޅުގަނޑަށް ޙަސަން މާހިރު ދަސްކޮށްދެއްވީ ”ޒިންމާދާރު” މިބަސް

އަޅުގަނޑަށް ޙަސަން މާހިރު ދަސްކޮށްދެއްވީ ”ޒިންމާދާރު” މިބަސް

ޖައުސާ ޖައުފަރު / ކާމިޔާބު ވިޔަފާރިވެރިއެއް

އަޅުގަނޑު ސްކޫލުގެ ޙަޔާތުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުގެ ލޮބުވެތި ޕްރިންސިޕަލް ޙަސަން މާހިރު ވަރަށް އަގުހުރިބަހެއް ދަސްކޮށް ދެއްވިއެވެ. ގްރޭޑް ފަހަކާއި ހަމައިން އަޅުގަނޑަށް ދަސްވި ފަސްއަކުރުގެ މައްޗަށް އެކުލެވޭ އެބަހަކީ “ޒިންމާދާރު” މިބަހެވެ. އަޅުގަނޑު ސްކޫލް އޮފީހަށް ގެންދިޔަ ދުވަހަކު ޕްރިންސިޕަލް ވިދާޅުވިއެވެ. މުޖުތަމަޢުގައި ކަލެއަކީ ޒިންމާދާރު މީހަކަށް ނުވެއްޖިއްޔާ ކަލެއަށް ޖެހޭނީ ޙަޔާތުގެ ބާކީއޮތްތަނުގައި އަތްގާޑިޔާ ދަމައިގެން އުޅޭށެވެ.” މިބަސް ހެޔޮގޮތުގައި އޭރުއްސުރެ އަޅުގަނޑު ދިޔައީ ބޭނުން ކުރަމުންނެވެ. ޒިންމާދާރުގޮތުގައި މިކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން އީޕީއެސްއަށް 25 އަހަރު ފާހަގަކުރިއިރު އަޅުގަނޑަށް ވަނީ އީޕީއެސް ކުރީގެ ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަމުގެ މަޤާމް ލިބިފައެވެ. އަދި ރިހިޔޫބިލް ހަރަކާތްތައް ހިނގުމުގެ އިސް މޭސްތިރިއަކަށްވުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ވަނީ ލިބިފައެވެ. މީގެ އިތުރުން އަޅުގަނޑު ދިރިއުޅުމަށް ކުރާ މަސައްކަތުގެ ދާއިރާއިން ޢާއްމު ޚިދްމަތުގެ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވަނީ ލިބިފައެވެ. އެޝަރަފް އަޅުގަނޑަށް ލިބުނީ ޙަސަން މާހިރު ދަސްކޮށްދެއްވި ”ޒިންމާދާރު” މިބަސް ހެޔޮގޮތުގައި ބޭނުން ކުރުމުންނެވެ. އަޅުގަނޑަށް މި މުހިންމު ބަސްވަނީ އެތައް ބިލިއަން ރުފިޔާގެ އަގުބޮޑު އެއްޗަކަށެވެ. މިކަން ޙާސިލް ކޮށްދެއްވި ލޮބުވެތި ޕްރިންސިޕަލް މަރުޙޫމް ޙަސަން މާހިރަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު ލޯބިވާ ޕްރިންސިޕަލް އަލްމަރުޙޫމް ޙަސަންމާހިރަށް ކަށްވަޅުގައި ސާބިތުކަން ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން.

___________________________

ޙަސަންމާހިރުގެ ތަޢުޒިޔާ ފޮތުން ނަގާފައި

    Leave a Comment