ފައުންޑޭޝަނެއް އުފެއްދުމަށާއި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފި

EPS School > ޚަބަރު > ފައުންޑޭޝަނެއް އުފެއްދުމަށާއި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފި

ފައުންޑޭޝަނެއް އުފެއްދުމަށާއި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފި

އީޕީއެސް ސްކޫލަށް 50 އަހަރުފުރޭ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ކަންކަންރާވައި އިންތިޒާމްކޮށް ވިލަރެސް ކުރުމަށްޓަކައި އަދި އީޕީއެސްގެ ނަން ދިރުވައި ދެމެހެއްޓޭނެ ގޮތްތަކެއް ހޯދޭތޯ މަސައްކަތް ކުރުމަށް އީޕީއެސް އެސް ފައުންޑޭޝަނެއް އުފެއްދުމަށް އެސުކޫލުގެ ކުރީގެ ދަރިވަރުން 01 ފެބްރުއަރީ 2018 ގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ބޮޑުއަޣްލަބިއްޔަތެއްގެ ތާއިދުން ނިންމައިފިއެވެ.

300 އަށްވުރެ ގިނަ ކުރީގެ ދަރިވަރުން ބޭއްވި ޖަލްސާގައި ގާނޫނީ ޝަޚްސެއް (ލީގަލް އެންޓިޓީ) އަވަހަށް އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން ޖަމިއްޔާއެއް އުފެއްދުމާއި ފައުންޑޭޝަނެއް އުފެއްދުމާއި ގުޅޭގޮތުން ފަސްފަހަތަށް ބަލާލައި ދަރިވަރުންވާހަކަ ދެއްކިއެވެ. އެންމެފަހުން ނިންމުނީ ފައުންޑޭޝަނެއް ހެދުމަށެވެ.

މީގެ އިތުރުންވެސް އީޕީއެސް ސްކޫލުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ތިރީގައި އެވާ ހަރަކާތްތައް ހިންގުމަށް ކޯޑިނޭޓަރުން ހޮވައި ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވެއެވެ.

  1. ފޮޓޯ އަދި އާޓް އެގްޒިބިޝަނެއް ބޭއްވުން
  2. ޓެލެންޓް ޝޯއެއްބޭއްވުން
  3. ޕެރޭޑް/ ޕްރެޝަނެއްބޭއްވުން
  4. ދުވުމެއް ބޭއްވުން
  5. ލަވަ އަލްބަމެއް ހެދުން
  6. އީޕީއެސް އެސްގެ މައްޗަށް ވީޑިއޯ ޑޮކިއުމަންޓަރީއެއް ހެދުން
  7. ސްކޯލާޝިޕް ސްކީމެއް ތަޢާރަފް ކުރުން
  8. ސުވެނިޔާ ތައްޔާރުކޮށް ވިއްކުން
  9. ބަހުސެއްބޭއްވުން
  10. ގައުމީ ފެންވަރުގެ ޖަލްސާއެއްބޭއްވުން
  11. ހަނދާނީ ފޮތެއް ނެރުން
  12. ފުޓްބޯޅަ މެޗެއްބޭއްވުން
  13. ބްލަޑް ޑޮނޭޝަނެއް ބޭއްވުން
  14. އީޕީއެސްއެސްގެ ނަންދިރުވައި ދެމެހެއްޓުމަށް ސަރުކާރާއި އެކު މަޝްވަރާކުރުން

މަތީގައިއެވާ ކަންކަމުގެ އިތުރުންވެސް ބައެއްކަންކަމުގެ ވާހަކަތައް ދެކެވިފައިވެއެވެ. އަދި ފަހުންވެސް އެއްވެސް ދަރިވަރަކު ކަމެއް ހުށަހަޅައި އެކަމެއް ކުރުމަށް އިސްނެގުމަށް ފުރުސަތު އޮތްކަން ޖަލްސާގައި އިއުލާންކޮށްފައި ވެއެވެ.

    Leave a Comment