ވަގުތީގޮތުން މުޤައްރިރުކަމާ ޝާޢިރާ ޙަވާލުވެވަޑައިގެންފި

EPS School > ޚަބަރު > ވަގުތީގޮތުން މުޤައްރިރުކަމާ ޝާޢިރާ ޙަވާލުވެވަޑައިގެންފި

ވަގުތީގޮތުން މުޤައްރިރުކަމާ ޝާޢިރާ ޙަވާލުވެވަޑައިގެންފި

އެޑްވައިޒަރީ ކޮމެޓީގެ މުޤައްރިރު ނުވަތަ ޗެއަރޕާސަން ކަމާއި، އެކޮމެޓީގެ ނައިބު މުޤައްރިރު ނުވަތަ ވައިސް ޗެއަރޕާސަން އަލްފާޟިލާ ޝާޢިރާ ސަލީމް ހަވާލުވެ ވަޑައިގެންފިއެވެ. މިގޮތަށް ހަމަޖެހުނީ 4 ފެބްރުއަރީ 2018 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު އެޑްވައިޒަރީ ކޮމިޓީގެ ޖަލްސާގައެވެ. އެއީ، އެކޮމިޓީގެ މުޤައްރިރު ޑރ. ޢަލީ ޝަމީމް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާތީއާއި ފެބްރުއަރީ މަހުގެ ތެރޭގައި ވަރަށް ބުރަކޮށް އުޅުއްވަން ޖެހޭތީ މުޤައްރިރު ކަމުން ކުޑަ ދުވަސް ކޮޅަކަށް އެކަހެރިވެ ވަޑައިގަތުމަށް އެދި ވަޑައިގަތުމާ ގުޅިގެންނެވެ.

އެހެންކަމުން އެޑްވައިޒަރީ ކޮމިޓީ އިން އެހެންގޮތެއް ހަމަޖައްސަންދެން 5 ފެބްރުއަރީ 2018 އިން ފެށިގެން ކޮމިޓީގެ މުޤައްރިރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަވާނީ ޝާޢިރާ ސަލީމެވެ. އީޕީއެސް ގެ ރަންޔޫބީލް ފާހަގަކުރުމާގުޅޭ މަސައްކަތްތަކާއި އަދި އީޕީއެސް ސްކޫލްގެ ނަން ދެމެހެއްޓުމަށް ކުރެވޭ މަސައކަތާގުޅޭ ގޮތުން އެޑްވައިޒަރީ ކޮމިޓީއާއި ގުޅުއްވުމަށް ވައިބަރ ގްރޫޕް މެދުވެރިކޮށާއި އަދި އެހެނިހެން ގޮތްގޮތުން ގުޅުއްވަވާނީ ޝާޢިރާ ސަލީމް ކަމުގައި ދެންނެވީމެވެ.

މިހާރު އެޑްވައިޒަރީ ކޮމިޓީގެ ހިންގާ ކޮމިޓީ ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ

  1. ވަގުތީ މުޤައްރިރު: ޝާޢިރާ ސަލީމް
  2. ނައިބު މުޤައްރިރު: މުޙައްމަދު ޒާހިރު
  3. ހިންގާ ސެކްރެޓަރީ: މުޙައްމަދު ވަޖީހު
  4. އިދާރީ ސެކްރެޓަރީ: ފާޠިނާ ޤާސިމް
  5. ޚަޒާންދާރު: ސައިދާ ރަޝާދު
  6. ޕީއާރު/މީޑިއާ ކޯޑިނޭޓަރ: މުޙައްމަދު ސަލީމް

    Leave a Comment