ކޯޑިނޭޓަރުންނާއި އެޑްވައިޒަރީ ކޮމިޓީއިން ބައްދަލުކޮށްފި

EPS School > ޚަބަރު > ކޯޑިނޭޓަރުންނާއި އެޑްވައިޒަރީ ކޮމިޓީއިން ބައްދަލުކޮށްފި

ކޯޑިނޭޓަރުންނާއި އެޑްވައިޒަރީ ކޮމިޓީއިން ބައްދަލުކޮށްފި

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމާގުޅޭ ހަރަކާތްތައް ރާވައި ހިންގުމާ ގުޅޭ ގޮތުންނާއި އީ.ޕީ.އެސް ގެ ނަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އީ.ޕީ.އެސް ގެ ފައުންޑޭޝަނެއް ހަދައިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކެއް ރޭވުމަށްޓަކައި އެކި ކަންކަމާއި ހަވާލުވެ ވަޑައިގެން ތިއްބެވި އިސް ކޯޑިނޭޓަރުންނާއި އެޑްވައިޒަރީ ކޮމިޓީއިން 4 ފެބްރުއަރީ 2018 ވީ އާދިއްތަ ދުވަހުގެ ރޭ ބިލަބޮންގ ސްކޫލް ހޯލުގައި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

ޑރ. ޢަލީ ޝަމީމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ތިރީގައި އެވާ ކަންކަން ނިންމާފައިވެއެވެ.

  • އެކި ކަންކަމާއި ހަވާލުވެވަޑައިގެން ތިއްބެވި އިސް ކޯޑިނޭޓަރުން އެކަމެއްގައި ބައިވެރިވެ އެހީތެރިކަން ދޭން ބޭނުންވާ ދަރިވަރުންނާއި ގުޅިގެން އަމިއްލައަށް ކަންކަން ރާވައި އިންތިޒާމް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން. އަދި މިގޮތުން ކުރާ މަސައްކަތުގެ މަޢުލޫމާތާއި އަޕްޑޭޓްސް އެޑްވައިޒަރީ ކޮމިޓީގެ ޗެއަރ ޕާސަން އަށް އަންގަވަމުން ގެންދިއުމާއި ޚަބަރު ހެދުމަށް ވެބަސައިޓް ބަލަހައްޓަވާ 2 ފަރާތް ކަމުގައިވާ މުޙައްމަދު ވަޖީހާއި މުޙައްމަދު ސަލީމަށް އަންގަވަމުން ގެންދެވުން.
  • އީ.ޕީ.އެސް ސްކޫލް ގެ ފައުންޑޭޝަން އުފެއްދުމަށް ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި ޑރ. ޢަފީފްގެ ބެއްލެވުމުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދެވުން އަދި ފައުންޑޭޝަނާ ގުޅޭ ގޮތުންނާއި، ރަންޔޫބީލްގެ ހަރަކާތްތަކާ ގުޅޭ ގޮތުން އަޕްޑޭޓެއް އެރުވުމަށް ފައުންޑަރ މެމްބަރުންނާއި މަޝްވަރާކުރުމަށް ބައްދަލުކުރުން.
  • އީ.ޕީ.އެސް ސްކޫލް ގެ ފައުންޑޭޝަން އުފެއްދުމުން، އެޑްވައިޒަރީ ކޮމިޓީގެ ދައުރު ކުޅޭނީ ފައުންޑޭޝަނުންކަން.
  • އެކިއެކި އިވެންޓް ނުވަތަ ހަރަކާތްތައް ހިންގުމުގައި ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެދޭ ގޮތަށް އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން އަދި އެއްވެސް ގޯހެއް ހިންގައިގެން އެޑްވައިޒަރީ ކޮމިޓީއިން ޒިންމާ ނުވެވޭނެ ކަމަށް. ނަމަވެސް ކަންކަން ވިލަރެސް ކޮށްދީ ލަފާދީ އެހީތެރިވެދޭނެ ކަމުގައި.

    Leave a Comment