އީ.ޕީ.އެސް ގެ ނަން ދެމެހެއްޓުމަށް ނިންމައިފި

EPS School > ޚަބަރު > އީ.ޕީ.އެސް ގެ ނަން ދެމެހެއްޓުމަށް ނިންމައިފި

އީ.ޕީ.އެސް ގެ ނަން ދެމެހެއްޓުމަށް ނިންމައިފި

އީ.ޕީ.އެސް ސްކޫލްގެ ނަން ދެމެހެއްޓުމަށް އެސްކޫލްގެ ކުރީގެ ދަރިވަރުން އިސް ނަގައިގެން ބޭއްވި ޖަލްސާއެއްގައި ނިންމައިފިއެވެ. އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް  އީ.ޕީ.އެސް ގެ ކުރީގެ ދަރިވަރުން 2018 ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަނޭޝަނަލް ސްކޫލްގެ މާލަމުގައި ބޭއްވި ޖަލްސާއެއްގައި މިކަން  ނިންމާފައިވަނީ ރިޔާސަތުން މިކަން ހުށަހެޅުމުން ޖަލްސާއަށް ހާޒިރުވެތިބި 300 އެއްހާ ދަރިވަރުން ތާއީދު ކޮށްގެންނެވެ.

މިޖަލްސާ ތަޢާރަފް ކޮށްދެއްވި ކުރީގެ ދަރިވަރު މޫސާ ރަމީޒު ވިދާޅުވީ ސަރުކާރާއި އަދިވެސް ވާހަކަ ދައްކަންހުރި ހުރިހާ ފަރާތްތަކާމެދު މަޝްވަރާކޮށް އީ.ޕީ.އެސް ސްކޫލްގެ ނަން ދިވެހި ވުޖޫދުން ފުހެވިގެން ނުދާނެ ގޮތްތަކެއް ހޯދޭތޯ ކުރީގެ ދަރިވަރުން މަސައްކަތް ކުރާނެ ކަމަށެވެ.

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލްގެ ހަރަކާތްތައް އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ސްކޫލްގެ މަސްއޫލްވެރިޔާ އަދި ފައުންޑަރ މެމްބަރ އަލްފާޟިލް މުޙައްމަދު  މުޞްޠަފާ ޙުސައިން ވާހަކަފުޅު ދައްކަވަމުން އީ.ޕީ.އެސް ގެ ފައުޖުތައް އަލުން ދިވެހި ގައުމަށް އާ ޚިދްމަތްތަކެއް ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އަދި ސްކޫލްގެ ދައުރުގައި ދަސްވި ކަންކަން ހެޔޮގޮތުގައި ބޭނުންކޮށް މީހުންނާދޭތެރޭ ހިތްޕުޅު ތިރިކުރައްވައި ކަމޭ ހިއްތަވައި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާގައި ދަރިވަރުންނާ މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައުންޑަރ މެމްބަރ އަޙްމަދު މުޖުތަބާ ވިދާޅުވީ އީ.ޕީ.އެސް ސްކޫލަކީ ކާމިޔާބުތަކުން ފުރިގެންވީ ސްކޫލެއް ކަމަށާއި އަދި އެފަދަ ކާމިޔާބީތައް ދާއިމީ ގޮތެއްގައި ދެމެހެއްޓޭނެގޮތް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

    Leave a Comment