ރަންޔޫބީލް ލޯގޯ އާއި ވެބްސައިޓް އަދި ތީމް ލަވަ ނެރެފި

EPS School > ޚަބަރު > ރަންޔޫބީލް ލޯގޯ އާއި ވެބްސައިޓް އަދި ތީމް ލަވަ ނެރެފި

ރަންޔޫބީލް ލޯގޯ އާއި ވެބްސައިޓް އަދި ތީމް ލަވަ ނެރެފި

އީ.ޕީ.އެސް ސްކޫލްގެ ރަންޔޫބީލްގެ މުނާސަބަތު ފާހަގަކުރުމަށް ރަމްޒީ ލޯގޯ އަކާއި ޚަބަރާއި މަޢުލޫމާތު އަދި ފޮޓޯ ޢާއްމު ކުރާނެ ވެބްސައިޓަކާއި އަދި ތީމް ލަވައެއް ވަނީ އެސްކޫލްގެ ކުރީގެ ދަރިވަރުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ނެރެފައެވެ.

ރަންޔޫބީލްގެ މުނާސަބަތު ފާހަގަ ކުރުމަށް ރަމްޒެއްގެ ގޮތުގައި ބޭނުންކުރުމަށް ކުރީގެ ދަރިވަރުން ތަފާތު ލޯގޯތަކެއްގެ ސާމަޕަލް ހުށަހެޅިއެވެ. މީގެ ތެރެއިން ފާސްވީ އަލްފާޟިލް އަޙްމަދު ޢާމިރު ފަރުމާކުރެއްވި ލޯގޯއެވެ.

އީޕީއެސް ރަންޔޫބީލްގެ ޚަބަރު ތަކާއި މަޢުލޫމާތު އަދި ފޮޓޯތައް ޢާއްމު ކުރުމަށް އިފްތިތާޙު ކުރެވުނު ވެބްސައިޓަކީ ރަންޔޫބީލްގެ ހަރަކާތްތައް އިފްތިތާޙު ކުރުމަށް ބޭއްވުނު ޚާއްޞަ ޖަލްސާ ރާވައި އިންތިޒާމް ކުރުމަށް ކުރީގެ ދަރިވަރުންގެ ތެރެއިން އިސްނެގި ދަރިވަރުންގެ ތެރެއިން އުފެއްދުނު ވަގުތީ އެޑްވައިޒަރީ ކޮމެޓީގެ ޗެއަރ ނުވަތަ މުޤައްރިރު ޑރ. ޢަލީ ޝަމީމް ސްޕޮންސަރ ކޮށްދެއްވާފައިވާ ވެބްސައިޓެކެވެ. މިވެބްސައިޓްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އީޕީއެސް ސްކޫލަށް 50 އަހަރުފުރޭ މުނާސަބަތާގުޅޭ މަޢުލޫމާތު އެންމެ ފުރަތަމަ ފޭސްބުކެއް ހައްދަވައިގެން ފަތުރައްވަމުން ގެންދެވި އަލްފާޟިލް މުޙައްމަދު ވަޖީހެވެ. މީގެ އިތުރުން އެޑްވައިޒަރީ ކޮމެޓީގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާ ކޯޑިނޭޓަރ އަލްފާޟިލް މުޙައްމަދު ސަލީމް މި ވެބްސައިޓްގައި މަސައްކަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަންޔޫބީލް ގެ ތީމް ލަވައިގެ ޅެން ހައްދަވައިދެއްވާފައިވަނީ ކުރީގެ ދަރިވަރު އަދި އެޑްވައިޒަރީ ކޮމެޓީގެ އެއް އެޑްވައިޒަރު ކަމުގައިވާ އަލްފާޟިލް ރޯނުގޭ ހަސަން މަނިކެވެ. މިޔުޒިކް ތައްޔާރު ކޮށްދެއްވާފައިވަނީ ކުރީގެ ދަރިވަރު ރުކުމާ ޢަލީއެވެ. ލަވަ ވިދާޅުވެދެއްވާފައިވަނީ ކުރީގެ ދަރިވަރުން ކަމުގައިވާ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ އަލްފާޟިލް ޢަބްދުއްރަޝީދު (އަބުސީ) އާއި އަލްފާޟިލް ޝިފާ ތައުފީޤެވެ.

    Leave a Comment