އީ.ޕީ.އެސް ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ އާންމު ޖަލްސާގެ އެޖެންޑާ

EPS School > އާންމު ލިޔުންތައް > އީ.ޕީ.އެސް ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ އާންމު ޖަލްސާގެ އެޖެންޑާ

އީ.ޕީ.އެސް ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ އާންމު ޖަލްސާގެ އެޖެންޑާ

1 ފެބްރުވަރީ 2018، ބިލަބޮންގ ހައި އީޕީއެސް އިންޓަރނޭޝަންލް ސްކޫލް ހޯލް

2030 އިން 2330އަށް

  • ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ އީޕީއެސް ސްކޫލުގެ ފައުންޑަރ މެންބަރުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު މުޞްތަފާ ޙުސައިން އާއި އަލްފާޟިލް އަޙްމަދު މުޖްތަބާ
  • ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ދެއްވާނީ ވަގުތީ އެޑްވައިޒަރީ ކޮމިޓީގެ ޗެއަރ ނުވަތަ މުޤައްރިރު ޑރ.ޢަލީ ޝަމީމް
  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން: އަލްޤާރީ ———
  2. ސްކޫލުގެ ދިވެހި ލަވަ ކިޔުން
  3. ޖަލްސާ ތަޢާރަފް ކުރުން: ވަގުތީ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަލްފާޟިލް މޫސާ ރަމީޒު
  4. ނިޔާވެފައިވާ ސްކޫލުގެ ފައުންޑަރުންނާއި މުދައްރިސުން އަދި ޚިދުމަތްތެރިންނާއި، ދަރިވަރުންގެ ހަދާނުގައި ސްކޫތެއް ގެނައުން
  5. އީޕީއެސް ސްކޫލުގެ ރަންޔޫބީލް ރަމްޒުކޮށްދޭ ލޯގޯ ހޮވުމަށް އިންސާފުކޮށްދެއްވި ފަންނީ ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކުން: އަލްފާޟިލް ——–ނަޢީމް
  6. އީޕީއެސް ސްކޫލުގެ ރަންޔޫބީލް ރަމްޒުކޮށްދޭ ލޯގޯ އިފްތިތާހުކޮށްދެއަވުން: ވަގުތީ އެޑްވައިޒަރީ ކޮމިޓީގެ އޮނަރަރީ ޗެއަރ އަލްފާޟިލް ޖައުފަރު ޢީސާ
  7. އީޕީއެސް ސްކޫލުގެ ރަންޔޫބީލް ވެބްސައިޓް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދެއްކެވުން: އީޕީއެސް ސްކޫލުގެ މަސްޢޫލުވެރިޔާ އަދި ފައުންޑަރ މެންބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިން
  8. އީޕީއެސް ސްކޫލުގެ ރަންޔޫބީލްގެ ތީމްލަވަ އިފްތިތާޙް ކޮށްދެއްވުމާއި ވާހަކަފުޅު ދެއްކެވުން: ފައުންޑަރ މެންބަރު އަލްފާޟިލް އަޙުމަދު މުޖްތަބާ
  9. އީޕީއެސް ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމާއި އީޕީއެސް ނަން ދެމެހެއްޓުމުގެ ހަރަކާތްތައް ފެށިގެން އައިގޮތުގެ މައްޗަށް މަޢުލޫމާތު ހިއްސާކުރުމާއި ޖަލްސާގެ ކަންތައްތައް ކުރިއަށްދާނެގޮތުގެ މަޢުލޫމާތު ހިއްސާކުރުން: ވަގުތީ އެޑްވައިޒަރީ ކޮމިޓީގެ މުޤައްރިރު ޑރ. ޢަލީ ޝަމީމް
  • އީޕީއެސް ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތަކާއި ނަން ދެމެހެއްޓުމުގެ ކެމްޕޭން ރާވައި، ވިލަރެސްކޮށް ކުރިއަށް ގެންދާނެ އިސްފަރާތެއް ކަނޑައެޅުމަށް ޖަމްޢިއްޔާއެއް އުފެއްދުމާމެދު ނުވަތަ ފައުންޑޭޝަނެއް އުފެއްދުމާމެދު ގޮތެއް ނިންމުން
  • އުފައްދާނެ ޤާނޫނީ ޝަޚްސެއްގެ ކަންތައްތައް ކުރިއަށް ގެންދާނެ އަދި އެފަދަ ފަރާތެއްގެ ހިންގާ ކޮމިޓީއެއްގެ މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ނަންތައް ހުށަހެޅުން
  • އީޕީއެސް ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާނެ ހަރަކާތްތައް ހުށަހެޅުމާއި އެ ޙަރަކާތްތައް ހިންގާނެ ކޯޑިނޭޓަރުން ކަނޑައެޅުން
  • އެހެނިހެން
  1. ޤައުމީ ސަލާމުން ޖަލްސާ ނިންމުން

    Leave a Comment